ads
ވަކީލް ސިޔާޒް: ފިކުރީ މުދަލާބެހޭ އޮފީހުގެ ވެރިއަކަށް އޭނާ ވަނީ އައްޔަން ކުރައްވާފައި
ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް ވަކީލް ސިޔާޒު
އިންޓެލެކްޗުއަލް ޕްރޮޕަރޓީ ނުވަތަ ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ސިޔާޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
Advertisement

އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ގާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިގްތިޞާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެ ނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ފިކުރީ މުދަލާބެހޭ އޮފީހުގެ ރަޖިސްޓްރާއަކަށް ގާނޫނީ ވަކީލު ސިޔާޒު އައްޔަންކުރެއްވުމުން މަރުހަބާ ދަންނަވައިފަ އެވެ.

ރަޖިސްޓްރާއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް