ads
ވިލިމާލެ ހޮސްޕިޓަލް. ފޮޓޯ: މާޕިއޯ.ނެޓް
ވިލިމާލޭގައި ކައިވެނިން ބޭރުން ވިހެއި މައްސަލައެއް ބަލަނީ
ވިލިމާލޭގައި ދިރިއުޅޭ ގެއެއްގެ ފާހާނާ ތެރެއަށް ކައިވެނިން ބޭރުން އުމުރުން 37 އަހަރުގެ އަންހެނަކު ވިހެއި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
Advertisement

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިމާލެ ހޮސްޕިޓަލުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލަ ބެލިއިރު، އެ އަންހެންމީހާ ވަނީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމަށް ބުނެ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި އެކަން ހިއްސާކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލަ ރިޕޯޓްކުރުމާއި ގުޅިގެން، ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމަ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައި ކަމަށެވެ.

އެއަށްފަހު ހޮސްޕިޓަލުގައި ދެވަނަ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެ އަންހެންމީހާ ވިހާފައިވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގޭގެ ފާހާނާ ތެރެއަށް ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް