އެ ކުންފުނިން އެގޮތަށް ނިންމާފައި ވަނީ، ޖޯންސަން ބޭބީ ޕައުޑަރުގައި އެކުލެވޭ މާއްދާ އަކުން ސިއްހަތައް ގެއްލުން ލިބޭ ކަމަށް ބުނެ އެ ކުންފުންޏަށް ގިނަ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.
ޖޯންސަން ބޭބީ ޕައުޑަރުގައި އެކުލެވޭ ޓަލްކް މާއްދާއިން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބުނެ ޖޭއެންޑެޖޭ ކުންފުންޏަށް ގިނަ ބަޔަކު ތުހުމަތު ކުރުމުން 2014 ވަނަ އަހަރުން ފެށިގެން ކަމާއި ބެހޭ ފަރާތްތަކުން އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައެވެ.
އަދި އެކަމާއި ގުޅިގެން އެމެރިކާ އަދި ކެނެޑާ ގައި މި އުފެއްދުމަށް އޮތް ޑިމާންޑް ވަނީ ބޮޑު ތަނުން ދަށް ވެފަ އެވެ. އެގޮތުން، 2017 ވަނަ އަހަރުން ފެށިގެން 60 އިންސައްތައިން އެ އުފެއްދުމުގެ ސޭލްސްތައް އެ ދެ ގައުމުގައި ދައްވެފައިވާ ކަމަށް ރިޕޯޓު ތަކުން ދައްކަ އެވެ.
އެ ކުންފުނީގެ އިތުރު އެމެރިކާ ކޮންޒިއުމާ ޔުނިޓުގެ ޗެއާމަން ކެތްލީން ވިޑްމާ އިއްޔެ ވިދާޅުވި ގޮތުގައި، ޓަލްކް އަޅައިގެން އުފައްދާ މި ބޭބީ ޕައުޑަރު އެ ދެ ގައުމަށް ފޮނުވުމާއި، އުފެއްދުން ހުއްޓާލުމުގެ މަސައްކަތް ދަނީ ކުރެވެމުން ނެވެ. އޭގެ އިތުރުން، މިހާރު ހުސްނުވެ ހުރި ޝިޕްމަންޓުތައް ހުސްވަންދެން ރީޓެއިލާ އެއް ބޭނުން ކޮށްގެން، ވިއްކަމުން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާ އަދި ކެނެޑާ އިން ބޭރު ގައުމު ތަކުގައި ޖޯންސަން ބޭބީ ޕައުޑަރަށް އޮތް ޑިމާންޑް އަދި ވެސް އެބަ އޮތް ކަމަށާއި، އެހެން ގައުމު ތަކަށް އަދިވެސް އެ އުފެއްދުން ޑިސްޓްރިބިއުޓް ކުރަމުން ގެންދާނެ ކަމަށް ވިޑްމާ ވަނީ ވިދާޅުވެފަ އެވެ.
ޖޭއެންޑްޖޭ ކުންފުނިން ޖޯންސަން ބޭބީ ޕައުޑަރު އުފައްދާތާ އެތަކެއް އަހަރު ތަކެއް ވަނީ ވެފަ އެވެ. އެގޮތުން އެ ޕައުޑަރު ފުރަތަމަ އުފައްދަން ފައްޓާފައި ވަނީ 1890 ވަނަ އަހަރު ތަކުގެ ތެރޭގަ އެވެ.