ads
ކަރަން އާއި އަންކިތާ
ރަމަންގެ ދަރިފުޅަށް ނަން ކިޔައިފި
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަރަން ޕަޓޭލް ނުވަތަ ޝޯ ގެ ނަމުންނަމަ ރަމަން ބައްލާ އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާގެ ދަރިފުޅަށް ނަން ކިޔައިފިއެވެ.
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަރަން ޕަޓޭލް ނުވަތަ ޝޯގެ ނަމުންނަމަ ރަމަން ބައްލާ އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާގެ ދަރިފުޅަށް ނަން ކިޔައިފި އެވެ.

ކަރަން އަށް ދަރިއަކު ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ދަރިއަކު ލިބުމުން އުފަލުން ފޮޅިފައި ހުރި ކަރަން ބުނީ އޭނާގެ ދަރިފުޅާއި އަންހެނުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދަރިފުޅަށް މިހާރު ނަން ކިޔާފައިވާއިރު އެކުއްޖާއަށް ކިޔަނީ މެހެރް އެވެ. މިއީ ކަރަންގެ ފުރަތަމަ ދަރިފުޅެވެ.

އަންކިތާ ވަނީ މީގެ ކުރިންވެސް ބަނޑުބޮޑުވެފަ އެވެ. ނަމަވެސް ބަނޑަށް އެންމެ ހަތަރު މަހުގައި ދަރިފުޅު އޭރު ބައިގެން ދިޔައީ އެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް