ads
ތ.ގުރައިދޫ---- ފޮޓޯ: ރާއްޖެއެމްވީ
ބިދޭސީއަކު މަރާލައިފި
ތ. ގުރައިދޫގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލައިފި އެވެ.

ގުރައިދޫ ކައުންސިލުގެ މެމްބަރު ނައުފަލް ހަސަން މިރޭ ސީއެންއެމްއަށް ވިދާޅުވީ މަރުވެފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. 

އެގޮތުން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ވިދާޅުވި އެވެ. 

ނައުފަލް އިތުރަށް ވިދާޅުވީ އެމީހާގެ ގައިގެ ތިން ތަނަކަށް ވަޅިން ހަަމަލާދީފައިވާ ކަމަށެވެ. 

މަރާލާފައިވާ ބިދޭސީ މީހާއަކީ އެރަށުގައި ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް