ads
ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު----
ރައީސް ނަޝީދު ފަހެއް، ރައީސް ޔާމީނަށް؟؟
ނަވާރަސަތޭކަ ފަންސާސް ނުވަ ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ޝޭހް އަބްދުﷲގައްޔޫމް އިބްރާހިމް އާއި ހަދީޖާ މޫސާ އަށް އުފަންވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ އަސަރު ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް އޮތީ ފެންނާށެވެ.
Advertisement

ފަސް އަހަރުގެ ވެރިކަމުގައި އެކި ފަންތީގެ ތަރައްގީތައް ރާއްޖޭގެ އެކި ހިސާބަށް ގެނެސްފައިވާ ރައީސް ޔަމީން އަކީ ވެރިކަން ކުރި އެހެން ލީޑަރުންނަށް ވުރެ ފަނޑު ސިޔާސީ ލީޑަރެކެވެ. އެމަނިކުފާނުގެ ސަނާ ކިޔާ އެތައް ބަޔަކު ރާއްޖޭގައި އުޅޭއިރު، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމިން ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

ރައީސް ޔާމީން ވަނީ މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅުވާލާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއެއް ހޯދައިދީފަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓް ގައި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް ތަރްއްގީކޮށް އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފައްޓަވާފަ އެވެ.

އެ ބޮޑު މަޝްހޫރުގެ ސަބަބުން ރައީސް ޔާމީނު ރާއްޖޭގެ ތަސައްވަރު ކުރަހަމުންދިޔަ ގޮތެއް ސާފެއްނުވި އެވެ. ބިޔަ ބޮޑު އެ މަޝްރޫއު ފަށާ މަސައްކަތް ނިންމި އިރު އަތޮޅުތަކުގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރައްވާނެކަމުގެ ވައުދުވި އެވެ. އެއާޕޯޓުގެ ބޮޑު މަޝްރޫއުއާ އެކު ރާއްޖޭގެ ތަރައްގީ ކުރަން އިސްކަން ދީ ގައުމު އޮންނާނީ ކިހިނެއްތޯ ސުވާލު އުފެދުނީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު އަމަލު ކުރެއްވިގޮތުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު އެއް މަޝްރޫއުއަކީ މާލެ ހުޅުލެ ގުޅުވައިދިން ބްރިޖެއެވެ. ދެ ވަނައަށް އެއާޕޯޓް ބޮޑުކުރުުމުގެ މަޝްރޫއު އެވެ. އެ މަޝްރޫއުގެ ސަބަބުން ރައީސް ޔާމީނުގެ އަމާޒު ކުރީ ކިހިނެއްކަން ސާފެއްނުވެ އެވެ. ހިސާބު އަދަދުން ކިޔާ ނަމަ ރާއްޖެ އަށް ގެންނަން އަމާޒު ހިފި މިލިއަނުން މަތީގެ ދަތުރުވެރިންގެ މައިގޭޓަކީ ހުޅުލެ އެވެ. ނަމަވެސް ސުވާލު އުފެދެނީ އަތޮަޅުތަކަށް ހެސްކިޔާފައި ފަތުރުވެރިކަން ގެންދިއުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވުމުންނެވެ. މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަރުތާލާއިރު ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ރާއްޖެ ވަންނަ ބޮޑު ދޮރާއްޓަކީ ހުޅުލެ އެއާޕޯޓްތޯ އެވެ. އެހެން ވެއްޖެ ނަމަ އެއީ ހަމަޖެހޭ ވަށާ ޖެހޭ ތަރައްގީއެއް ވެސް ނޫންތާ އެވެ.

މުޅި ރާއްޖެ އަށް ފަތުރުވެރިކަން ފަތުރާލުމަށް ފަހު އެއް ދޮރާށިން ފަތުރުވެރިން ވައްދާ ނަމަ އެއާޕޯޓް ބޮޑުކުރުމަކީ މުހިންމުކަމެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި އެމަނިކުފާނު ކުރައްވަން ފެއްޓެވި ބައެއް މަސައްކަތްތަކަށް ބަލާއިރު ހުރިހާ ފަތުރުވެރިން ހުޅުލެ އެއާޕޯޓުން ރާއްޖެ ވަންނަން ނުޖެހޭނޭކަމަށް ފެންނަ ވަރަށް ގިނަ ސަބަބުތައް ހުއްޓެވެ. އެގޮތުން މާފަރު އެއާޕޯޓަކީ މިސާލެކެވެ. އައްޑު އަތޮޅު ގަމުގެ އެއާޕޯޓަކީ ވެސް ފާހަގަ ކުރަންޖެހޭ ތަނެކެވެ.

އެދެ އެއާޕޯޓްތަކގެ އިތުރުން އިތުރު އިންޓަނޭޝަނަލް ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ ވާހަކަ ރައީސް ޔާމީން ދެއްކެވި އެވެ. އެ ވާހަކަތައް ދައްކަވައިފައިވާތީ، ހުޅުލެ އެއާޕޯޓުގެ ބޮޑު މަޝްރޫއު އާ މެދު ސުވާލު އުފެނީ އެވެ، އަދި ރައީސް ޔާމީނުގެ ތަސައްވަރުގައި ދެކޮޅު ނުޖެހޭ ކަންކަން ހުރިކަން ފެންނަނީ އެވެ. އެއީ މިލިއަނުން ގުނާލެވޭ އަދަދަށް ފަތުރުވެރިން އައި ނަމަވެސް ތިން ހަތަރު އެއާޕޯޓް އިންޓަނޭޝަނަލް ކުރާ ނަމަ ހުރިހާ ފަތުރުވެރިން މާލެއާޕޯޓަށް އަންނާނެކަމަށް ބެލުމަކީ ދެކޮޅު ޖެހޭކަމެއްތޯ އެވެ.

ތިން އަހަރު އެއާޕޯޓުން ފަތުރުވެރިންނަށް ވަދެނިކުމެވޭނަމަ ހުރިހާ ފަތުރުވެރިން ހުޅުލޭ އެއާޕޯޓް ބޭނުން ނުކުރާނެތާ އެވެ. ހުރިހާ ފަތުރުވެރިން ހުޅުލެ އެއާޕޯޓް ބޭނުން ނުކުރާ ނަމަ މިހާރު އެތަން ތަރައްގީކޮށް ޖާގަ އިތުރު ކުރުމަކީ ދެކޮޅު ޖެހޭނެކަމެއް ނޫންތާއެވެ. އެހެން މި ކަހަލަ އެތަކެއް ކަމެއް ދެކޮޅު ނުޖެހޭގޮތަށްކޮށްފައި ހުރިކަމީ ޔާމީނުގެ ދުރުވިސްނު ދެކޮޅު ނުޖެހޭކަމުގެ ނިޝާނެއް ތާ އެވެ.

ރައީސް ޔާމިން ގައުމަށް ގެނެސްފައިވާ ތަރައްގީ އާއި އެއް ފެންވަރުގެ ތަރައްގީއެއް އެހެން އެއްވެސް ރައީސަކަށް ނުގެނެވޭނެ ކަމަށް ގަބޫލުކުރާ އެ މީހުން ދަނީ ކެނޑި ނޭޅި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިކަމެއް ކަމަށް އެމަނިކުފާނިގެ ސަޕޯޓަރުން ބުނަމުން އަންނަ އިރު، އެމަނިކުފާނު ޖަލުގައި ހުންނަވާތާ އަދި އަހަރުދުވަސް ވެސް ނުވެ އެވެ.

މަނީ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ރައީސް ޔާމިން ގެންދަވާ އިރު، އެމަނިކުފާނަށް މިވަނީ އެމަނިކުފާނުގެ 61 ވަނަ އުފަންދުވަސް މާފުށީ ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފަ އެވެ

ރައީސް ޔާމިން އުފަންދުވެހެއް ފުރަތަމަ ފަހަރަށް ޖަލުގައި ހޭދަކުރައްވާ އިރު، އެމަނިކުފާނުގެ އިދިކޮޅުގެ އެންމެ ބޮޑު ލީޑަރު، މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ފަސް އުފަންދުވަސް ޖަލުގައި ހޭދަކުރައްވާފަ އެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ އުފަންދުވަހެއް ޖަލުގައި ހޭދަކޮށްފައި ވަނީ 1991 ވަނަ އަހަރު އެވެ. އެ އަހަރުގެ މޭ މަހުގެ 17 ވަނަ ދުވަސް އެއީ އެމަނިކުފާނަށް 24 އަހަރު ފުރުން ދުވަހެވެ.

އުމުރުން އެންމެ 23 އަހަރުގައި ފުރަތަމަ ފަހަރަށް ޖަލަށް ލެވުނު ރައީސް ނަޝީދު، އެމަނިކުފާނުގެ ޒުވާން އުމުރުގެ ބޮޑު ބައެއް ވަނީ ޖަލުގައި ހޭދަކުރައްވާފަ އެވެ. އެންމެ ފުރަތަމަ ދުވަހު ހުންނެވި އަޒުމުގައި މިއަދުވެސް އެމަނިކުފާނު ހުންނެވި އިރު، އެމަނިކުފާނުގެ 25، 26 އަދި 29 ވަނަ އުފަންދު ވަސް ހޭދަކުރައްވާފައި ވަނީ ގާމާދޫ ޖަލުގަ އެވެ.

އެންމެ ފަހުން އެމަނިކުފާނު ޖަލުގައި ހޭދަކޮށްފައި ވަނީ 48 ވަނަ އުފަން ދުވަހެވެ. އެއީ 2015 ވަނަ އަހަރު އެވެ. އެ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސް އެމަނީކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އަދި ދޫނިދޫގައި ހައްޔަރުގައި ބަހައްޓައިގެން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭރުގެ ސަރުކާރާއި ޖުޑިޝަރީން ނިންމާ މާޗް މަހުގެ 13 ވަނަ ދުވަހު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ.

ރައީސް ޔާމިނަށް ވެސް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް އެއްކޮށް ތަންފީޒު ކުރެވިއްޖެނަމަ ރައީސް ޔާމީން ޖަލުގައި ހޭދަ ކުރާ މުއްދަތުގައި ފަސް އުފަން ދުވަހާ ބައްދަލުވާނީ ޖަލުގަ އެވެ. ސުވާލަކީ ރައީސް ޔަމީނަށް ފަސް އުފަން ދުވަހަށް ޖަލުގައި ކެތް ކުރެވޭނެތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް