ads
ދިރާގު ހެޑް އޮފީސް---
ދިރާގުގެ މުނިފޫހިފިލުވުމުގެ އެޕްލިކޭޝަން "ދިރާގުޕްލޭ"!
ދިރާގުން "ދިރާގުޕްލޭ" ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އެ އެޕްލިކޭޝަނަކީ ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ. 

ގޭގައި ބަންދުވެފައިވާ ތިބެން ޖެހިފައިވާ މިދުވަސްވަރަކީ މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތަކުގެ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅަކަށްވާއިރު ދިރާގުން އަލަށް ތައާރަފުކުރި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތަނަކު ހުރެގެން ވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. 

ދިރާގު ޕްލޭގައި ހިމެނޭ ފީޗާ ތަކަކީ:

  • މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެ.
  • ރިކޯޑިން: ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެ.
  • ކެޗްއަޕް: ހަނދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ.
  • ރީސްޓާޓް: މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ.

your image

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަނި ކަމަށާއި ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ އެ އެޕްގައި އިންޓްރޮޑަކްޓަރީ އޮފާ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. 

އެ ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެއަށް ފަހު ކަސްޓަމަރުންނަށް އެ ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އެކްޓީވޭޓް ކުރާތާ 30 ދުވަހަށް ބޭނުން ކުރެވޭ އެ ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު ވެސް 23 ޗެނަލް ބަލާލެވޭނެވެ.

ދިރާގުޕްލޭ މިހާރު ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭނެ އެވެ. 

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރުމަށް ކަން ފާހަގަކޮށް ދިރާގުން ވަނީ، ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް