ads
އެލީ ސާބް ސެންޓު ފުޅި--
ލެކިއުޓުން އެލީ ސާބް ސެންޓް ރާއްޖެއަށް ތައާރަފުކޮށްފި
ލެބަނީސް ފެޝަން ޑިޒައިނަރު، އެލީ ސާބް ގެ ސެންޓް ފުރަތަމަ ފަހަރަށް ލެކިއުޓުން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
ލެބަނީސް ފެޝަން ޑިޒައިނަރު، އެލީ ސާބް ގެ ސެންޓް ފުރަތަމަ ފަހަރަށް ލެކިއުޓުން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އެލީސާބް އަކީ ލެބަނާނަށް އުފަން، އެކަމަކު މިހާރު މުޅި ދުނިޔޭގެ 160 ލޮކޭޝަނެއްގައި އަމިއްލަ ބުޓީކް ގެންގުޅޭ ފެޝަން ޑިޒައިނަރެކެވެ.

އެއީ ފްންރާސްގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުނު ހަމައެކަނި އަރަބި ޑިޒައިނަރު ވެސް މެއެވެ. އަދި ބޭރު ގައުމުގެ މީހަކަށް އިޓަލީގެ ފެޝަން ފެޑެރޭޝަނުން ޖާގަ ލިބުނު ހަމައެކަނި ޑިޒައިނަރު ވެސް މެއެވެ.

އޭނާގެ އެންމެ ފުރަތަމަ ސެންޓުވެފައި ވަނީ ޔޫކޭ އާއި ޔޫއެސް އަދި ފްރާންސްގައި އެ އަހަރު ނިކުތް އެންމެ ކާމިޔާބު ސެންޓްގެ އެވޯޑް ހޯދާފަ އެވެ.

ދުނިޔޭގެ އެންމެ މަތީ ހަރުފަތުން ޖާގަ ހޯދާފައިވާ ބްރޭންޑް "އެލީ ސާބް" ރާއްޖޭގެ މާކެޓަށް ވިއްކުމުގެ ލައިސަންސް ލިބުމަކީ ރާއްޖޭގެ ކަސްޓަމަރުންނަށް ލިބޭ ފަސޭހައެއް ކަމަށް ލެކިއުޓުން ބުނެ އެވެ.

ލެކިއުޓުން އެލީސާބްގެ ނުވަ ސެންޓެއް ތައާރަފްކޮށްފައި ވާއިރު މި ސެންޓް ލެކިއުޓްގެ ފިހާރަތަކުންނާއި lecute.com އިން ގަންނަން ލިބެން ހުންނާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް