ads
ކޮވިޑް-19 ޑްރިލް---- ފޮޓޯ: ރާއްޖެ އެމްވީ
ނިއު ނޯމަލްގެ ވަގުތު ޖެހިއްޖެ! ތައްޔާރުބާ؟
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅަށް ލުއި ދިނުމަށް ރާއްޖޭއިން ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް ސުވާލަކީ ނިއު ނޯމަލް އަށް ތައްޔާރީ ކިހާ ވަރަކަށްތޯއެވެ؟ ދައުލަތާ ރައްޔިތުން ނިއުނޯމަލް އަށް ތައްޔާރުތޯ އެވެ؟ 

ޖަވާބަކީ އާއެކެވެ. ތާއަބަދު ގޭގަައި ތިބުމަކީ އިންސާނުން ދުނިޔޭގައި ލެއްވީއްސުރެ ކުރިކަމެެއް ނޫނެވެ. 

ނިއު ނޯމަލް އަކަށް ދާއިރު އެއީ ކީއްވެ ކުރާކަމެއްތޯ ވިސްނާލަން ޖެހެއެވެ. 

ސިއްހަތަކީ އިންސާނާ ދުނިޔޭގައި ދިރިދެމިވުމަށް ކޮންމެހެން ބަލަހައްޓައި ގެއްލުމެެއް ނުމެދީ ގެންގުޅެންޖެހޭ އަމާނާތެކެވެ. ހަމަ އެހެންމެ ސިއްހަތު ރައްކާތެރިކުރިމަށް އިންސާނާ ކުރަންޖެހޭ ކަންތައްތަކެއް ވެސް ވެއެވެ. އެ ކަންކަން ކުރުމަށް މިއަދު އިންސާނީ ދިރިއުޅުން ރާވާލެވިފައިވާގޮތުން އަގެެއް ދައްކަންޖެހެއެވެ. ނޫންނަމަ ވަގުތުތަކެެއް ހޭދަކުރަންޖެހެއެވެ. މާނައަކީ ދިރިއުޅުމަކީ މިއަދު އަގު ބޮޑު އެެއްޗެކެވެ. 

އިންސާނުން ދުނިޔޭގައި އުޅުމަށް އިގްތިސާދުވެސް ހިނގަން ޖެހެެއެވެ. ހަމަ އެހެންމެ ސިއްހަތުވެސް ބަލަހައްޓަންޖެހެއެވެ. 

މާނައަކީ ސިއްހަތާ އެކު އިގްތިސާދުވެސް ހިނގައިގެން ނޫނީ އިންސާނުނަށް ދިރިނޫޅެވޭނެއެވެ. 

ނިއު ނޯމަލަށް މި ދަނީވެސް މި ސަބަބަށްޓަކައެވެ. ސިއްހަތާއި އިންސާނީ ދިރިއުޅުން އާރާސްތުކުރިމަށް މަސައްކަތްތަކެވެސް ކުރަންޖެހޭތީއެވެ. 

 ނިއު ނޯމަލުގައި ސަރުކާރާއި އެެއްވަރަށް ރައްޔިތުންވެސް ހޭލުންތެރިވާންޖެހެއެވެ.

ލޮކް ޑައުންއަށް ލުއި ދިނުމަށް ޑަބްލިއު އެޗްއޯއިން ވަނީ ގައިޑުލައިނެއް ކަނޑައަޅާފައެވެ. އެ ގައިޑުލައިނުގައި ލުއި ދޭއިރު ހަ ކަމެއް ހާސިލުކުރަންޖެހެއެވެ.

ލޮކްޑައުނަށް ލުއި ދެނީ " އަޖުމަ ބެލުމަށް " ކަމަށް ދެއްކުމަށް ވެސް ބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރުން އަންނަނީ ޑަބްލިއުއެޗްއޯގެ ގައިޑުލައިންތަކަށް ބަލަައިގެން ލުއި ދިނުމުގެ މަސައްކަތް ކުރަމުންނެވެ.  

މިވީތަނަށް ސަރުކާރުން މަސައްކަތް ކުރީވެސް އެގޮތަށެވެ. 

ކޮވިޑް-19 މުޅި ދުނިޔޭގެ އެކި ސަރަހައްދުގައި ފެތުރެން ފެށުމާއެކު ހުރިހާ ގައުމުތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފެށިއެވެ. އެގޮތުން ލޮކްޑައުން އިއުލާނުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި ބަލިން އަރައިގަތުމަށް މެދު ނުކެނޑި މަސައްކަތްކުރި އެވެ.

ދިވެހި ރާއްޖޭގައިވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރެވި މުޅި ގައުމު ފުރަބަންދު ކުރެވުނެ އެވެ. އެގޮތުން މި ހާލަތުގައި ޒަރޫރީ ބޭންނުންތަކަށް ފިޔަވައި މަގުމައްޗަށް ނުކުތުން މަނާކުރެވިފައިވާއިރު ގަވައިދާ ހިލާފަށް މަގުތަކަށް ނުކުންކަން މީހުންނަށް ފުލުހުން ފާރަވެރިވެ ގަވައިދާ ހިލާފަވާ މީހުން ހައްޔަރުކުރެވުނެވެ. އަދި ގިނަ މީހުން ޖޫރިމަނާ ކުރެވުނެވެ.

ކޮންމެއަކަސް ބަލިން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެކި ގައުމުތަކުގައި ދަނީ ލުއި ދެމުންދާއިރު ރާއްޖޭގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެންމެ ފަހުން ގައުމާ މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުނުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަލި މާލެއިން ފުރަތަމަ ފެނުން ދުވަސްވަރު ބަލި ޖެހޭ މީހާ ކޮންޓެކްޓްވާ މީހުންގެ އަދަދު ވެސް ބޮޑުތަނުން އިތުރު ކަމަށާއި އެކަމަކު ފަހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. 

"ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ގައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ،" ރައީސް ސޯލިހު އެންމެ ފަހުން ގައުމާ މުހާތަބުކޮށް ވިދާޅުވި އެވެ.

ލޮކްޑައުންއަށް ލުއިދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު ލުއި ދިން ގައުމު ތަކުން ތަޖުރިބާކުރި ހިތި ތަޖުރިބާއިން ފިލާވަޅު ދަސްކުރުން މުހިންމެ އެވެ. 

ލޮކްޑައުންގެ އަމުރާ ހިލާފުވީ ރާއްޖޭގެ އާބާދީގެ ކުޑަ އިންސައްތައެކެވެ. އެ ބަޔަކާމެދު ވެސް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. މިހެންކަމުން ނިއު ނޯމަލްގައި ވެސް ދިވެހިން ބަސް އަހާނެކަމާ މެދު ޝައްކެއް ނުކުރަމެވެ. 

ލޮކްޑައުނަކީ ނިއުނޯމަލަށް ދާން ލިބުނު ހިއްވަރެކެވެ. ފިލާވަޅެކެވެ.

ނިއު ނޯމަލްއަކަށް ދާއިރު ސަރުކާރު ހުޅުވައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމާއި ޝިފްޓަށް ޑިއުޓީކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ހަމަ އެހެންމެ އެއް ޑިޕާޓްމެންޓުގައި ގިނަ އަދަދެއްގެ ސްޓާފުން ތިބޭއިރު ދުރުދުރުގައި ތިބުން ފަދަ ކަންކަން ނިއުނޯމަލްގެ ތެރެއިން ގަވާއިދެއްގެ ގޮތުގައި ތައާރަފްވާނެއެވެ.

ލޮކްޑައުނުން ލުއި ދިނުމުން ބައްޔަށް ޕޮޒިޓިވްވާ މީހުން ގިނަވުމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލުއި ދިނުމަށް ގައިޑްލައިނެއް އެކުލާވާލަައިފައެވެ. އެގޮތުން އެ ގައިޑްލައިނުގާ ވާ ހަކަމަކީ؛ 

1. ފެތުރުން ހުއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުން

2. ސިއްހީ ހިދުމަތުގެ ކެޕޭސިޓީ އިތުރުކުރިން 

3. ނުރައްކާ ބޮޑު މީހުންގެ ސަލާމަތައް އިތުރު ފިޔަވަޅުތައް އެޅުން

4. ވަޒީފާގެ މާހަައުލު ރައްކާތެރިކުރުން.

5. ޕަސެންޖަރުން ސްކްރީން ކުރުން

6. އާންމުންގެ ބައިވެރިވުން އިތުރުކުރުން 

މި ހަ ކަންތަކަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ގައުމު ތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ލޮކްޑައުންގެ އަމުރަށް ލުއި ދިނުމުގައި ޑަބްލިއުއެޗްއޯގެ ގައިޑްލައިނަށް ތަބާނުވެެއްޖެނަމަ ގެއްލުން ވާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.  

ނަމަަވެސް  ނިއުނޯމަލަށް ދިއުމަށް ރާއްޖެއިން ވާންޖެހޭ ތައްޔާރިތައް ވަމުންދާއިރު ރޭ ބޭއްވި ޕްރެސް ކޮންފަރެންގައި ޑރ . އަފްޒަލް އިބްރާހިމް ވިދާޅުވީ އެކަން ކުރުމުގައި އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ އެކުލާވާލާފައިވާ ގައިޑްލައިނާ އެއްގޮތައްކަމަށެވެ. އަދި ނިއު ނޯމަލްއަށް ދާނީ އެއްކޮން ރަނގަޅުވުން ނޫންކަމަށް ފާހަގަކުރެއްވި އެވެ.

"ޑރ އަފްޒަލް : ދުވާލަކަށް 50 ކޭސް ފެނުމަކީ މިފަދަ ބައްޔަކަށް ބާލާއިރު މަތީ ނަންބަރެއް ނޫން. އިންފުލުއެންޒާކަހަލަ ބައްޔެެއްގަ މާލެފަދަ އާބާދީއެެއް އޮންނަތަނެއްގަ 50 އެއީ މަތީ ނަންބަރެެއް ނޫން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނެ 0 ނުވަތަ 5 ވަރަކަށް މީހުންނަށް އެކަނި މައިތިރިވީމާއޭ ލުއިތަކެއް ދޭންޖެހޭނީ. އެހެން ނަމަވެސް ފޭޒް ތަކަކަށް ބަހާލައިގެން ކުރިއަށް ދިއުމިން އަސްލު ނޯމަލްއަކަށް ދިއުމުގެ ދަތުރު އަޅުގަނޑުމެންނަށް ފެށޭނެ އެނގޭތޯ. ނިއު ނޯމަލްއަކަށް ދާއިރު ބަލާނީ އެންމެ ރަނގަޅު ހިސާބަކަށް ދިޔާމަ ނޫނޭ. އަޅުގަނޑިމެން ބަލަންޖެހޭނީ ވަކި ލެވަލެއްގަ ހިފޭއްޓިފަ ހުންނަކަހަލަ އަލާމާތަކެެއް ފެނުނީމަ އެހިސާބުން ދެން އިން ސްޓެޕަށް މިދަނީ. ލޮކްޑައުނެއްގެ ތެރޭ ތިބެގެން ފަސޭހަތަކެއް މިދެނީ ދީފަ އަނެއްކާ ވެސް އަޅުގަނޑުމެން ބަލަމުން ގޮސްފަ އަންނާނެ ހަމަ ދެވަނަ ފޭޒް އަކަށް ދިއުމުގެ އަލާމާތްތަކެއްވެސް. އެކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފަވޭ އަލާމާތްތަކެއް" ރޭ ބޭއްވި އެންއޯސީގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވި އެވެ. 

 ނިއު ނޯމަލް އަކީ ބިރު ގަންނަންވީ ކަމެއް ނޫނެވެ. އަބަދު ހުންއަންނާނެކަމަށް ރަޖާލައިގެން ތިބުމަކީ ވާނެކަމެއް ނޫނެވެ. އެޗްޕީއޭއިން ލަފާ ކުރާގޮތުން ލޮކްޑައުންގައި ތިއްބަސް ޑެލިވަރީ ކުރާ މީހުންގެ ކިބައިން ގޭގެއަށް ބަލި ވަންނާނެއެވެ. ލޮކްޑައުންގައި ތިއްބަސް ޖުލަައިމަހުގެ ތެރޭގަައި ގޭބިސީތަލުން ސާޖަކަށް ދާނެއެވެ. 

މިހާރު މިތިބީ ކަނޑުވެފަައެވެ. ދެން ބިރު ނުގަންނާށެވެ. ކޮވިޑްއާމެދު ކަނު ލޮލަކުން ދެކެން ވެެއްޖެނަމަ ފެތުނު އޮޑީގެ ރިޔާ ދަށުވާނެއެވެ.

މަންޒިލަށް ވާސިލުވުމަށް ފަތާފައިވެސް މަސައްކަތް ކުރަންޖެހެއެވެ. 

ނިއުނޯމަލްގެ ބޭނުން ހިފަައިގެން ކުރީގެ ދިރިއުޅުމަށް ވާސިލުވެވޭނެއެވެ. ދިވެހިންނަށް މިކަންވާނެއެވެ! 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް