
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާ ކުރުމަށް ބޭރަށް ގޮސްފައިވާ 35 މީހަކަށް މީހާތަނަށް ފައިސާގެ އެހީތެރިކަން ފޯރުކޯށްދީފައި ވާނެކަމަށެވެ.
މީގެ އިތުރުން އަމިއްލަ ހަރަދުގައި ބޭރަށް ގޮސް ރާއްޖެ ނާދެވިފައި ތިބި މީހުންގެ ތެރެއިން 140 މީހުންނަށް ވެސް މިހާރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 845 ލައްކަ ރުފިޔާ އެންސްޕާއިން ހަރަދުކޮސްފައި ވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ބޭރުގައި ތިބި ދިވެހިންނަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން އެންސްޕާ މެދުވެރިކޮށް ކުރަމުންނެވެ. އެންސްޕާއިން ވަނީ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭރުގައި ތިބި ދިވެހިންނަށް ހަރަދުކޮށްފަ އެވެ.