
ޑެޕިއުޓީ ޕީޖީގެ މަގާމަށް، އައިޝާ އައްޔަން ކުރުމާއެކު، އެ މަގާމުގައި މިހާރު ތިއްބެވީ އައިޝާއާއެކު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު މަހުމޫދު ސަލީމެވެ.
ޖިނާއި ކުށްތަކާ ގުޅިގެން ރާއްޖޭގެ ކޯޓުތަކުގެ ދައުލަތުގެ ފަރާތުން ދައުވާ އުފުލުމުގެ ޒިންމާ މަތިކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕީޖީއަކަށް ހަމަޖެއްސި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެކެވެ. ޑިސެމްބަރު 14، 2011 އިން ފެށިގެން ޕީޖީ އޮފީހުގައި ވަޒީފާ އަދާކުރަމުންދާ އައިޝަތަކީ މި ވަގުތު އެ އޮފީހުގައި މަސައްކަތް ކުރައްވާ އެންމެ ސީނިއާ އަދި އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެއް ވަކީލެވެ.
ޑެޕިއުޓީ ޕީޖީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރުއެވެ.
ޑެޕިއުޓީ ޕީޖީއަކަށް އައިޝާ އައްޔަން ކުރުމުގެ އިތުރުން، އެސިސްޓަންޓް ޕީޖީއަކަށް މިއަދުވަނީ، ހުސައިން ސާމީ އައްޔަންކޮށްފައެވެ.