ads
އެލަން މަސްކް އާއި ގްރައިމްސް ދަރިފުޅުގެ ނަމަށް ކުޑަ ބަދަލެއް ގެނަސްފި
އެލަން މަސްކް އާއި އަންހެނުން ގްރައިމްސް އެމީހުންގެ ދަރިފުޅުގެ ނަމަށް ކުޑަ ބަދަލެއް ގެނަސްފި އެވެ.

އެ ދެމަފިރިންގެ ދަރިފުޅުގެ ނަން ސޯޝަލްމީޑިއާގައި ޝެއާ ކުރުމާއި އެކު އެނަމަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. ނަމަުގެ މާނަ އަކީ ކޮބައިތޯ އާއި ނަން ކިޔާނީ ކިހިނެއްތޯ އެތައް ބަޔަކު ދެމަފިރިން ކައިރީ އެހިއެވެ. އަދި ދަރިފުޅަށް X Æ A-12 ގެ ނަމުން ނަން ދިނީ ކީއްވެގެންކަން އެލަން މަސްކް ހިއްސާ ކުރުމާއި އެކު ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. 

ގްރައިމްސް އިންސްޓަގްރާމް ގައި ޝެއާ ކޮށްފައި ވަނީ X Æ A-12 ގެ ބަދަލުގައި ދަރިފުޅުގެ ނަން މިހާރު ލިޔާނީ X Æ A-Xii ކަމަށެވެ. އެގޮތަށް ބަދަލު ކުރީ ރޯމަން ނަންބަރުން 12 ލިޔެފަ އިންނަ އިރު މާ ރީތިވުމުން ކަމަށް ގްރައިމްސް ބުނެއެވެ. 

މަސްކް ވަނީ ދަރިފުޅުގެ ނަން ކިޔާނީ އެކްސް އޭޝް އޭ ޓްވެލްވް (X Ash A Twelve) ގެ ގޮތުގައި ކަމަށް ދާދި ފަހުން ހާމަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް