ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ:ޓޫރިޒަމް މިނިސްޓަރު
ކޮމަންވެލްތުގެ ދި އިކޮނޮމިކްސް އޮފް ކޮވިޑް-19 ގެ ވެބިނާއެއްގެ ޕެނަލިސްޓަކަށް ޓޫރިޒަމް މިނިސްޓަރު
ކޮމަންވެލްތުގެ ދި އިކޮނޮމިކްސް އޮފް ކޮވިޑް-19 ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް "ކޮވިޑް-19'ސް އިމްޕެކްޓް އޮން ޓޫރިޒަމް، ޑެޓް އެންޑް ޑިޒާސްޓާ ރިސްކް މެނޭޖްމެންޓް" ވެބިނާގެ ޕެނަލިސްޓެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ބުނީ މި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ގެ އިތުރުން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޑްލަންޑް، މަލްޓާގެ ކުރީގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓް، ނެމީބިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ނެޓުމްބޯ ނަންޑިންޑައިޓްވާ އަދި ބާބަޑޮސްގެ ފިނޭންސް މިނިސްޓަރު ރަޔަން ސްޓްރޯންގް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

މި ވެބިނާ ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ރާއްޖެ ގަޑިން 18:00 ގައި އެވެ. 

މިވެބިނާ އަކީ ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ވާޗުއަލް ސެމިނާ، "ދި އިކޮނޮމިކްސް އޮފް ކޮވިޑް-19" ގެ ދަށުން ބޭއްވޭ ވެބިނާ އެކެވެ. މި ވެބިނާގައި ފަތުރުވެރިކަމާއި ދަރަނި އަދި ކާރިސީ ހިރާސް އާއި ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް