ads
ސޯނޫ ސޫދު--
169 މަސައްކަތްތެރިއަކު އަވަށަށް ފޮނުވަން ސޯނޫ ސޫދުގެ ހަރަދުގައި ފްލައިޓެއް
އިންޑިއާގެ ކެރަލާގެ ހެދުން އުފައްދާ ފެކްޓްރީއެއްގައި މަސައްކަތް ކުރާ 169 އަންހެނަކު އަނބުރާ އެމީހުން ނިސްބަތްވާ، އޮޑިޝާ ސްޓޭޓަށް ގެންދިއުމަށް ބޮލީވުޑުގެ ތަރި ސޯނޫ ސޫދު އެހީތެރިވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު ވަނީ އެމީހުން ނިސްބަތްވާ ސަރަހައްދުތަކަށް ވެސް ނުދެވި ހާލުގައި ޖެހިފަ އެވެ. މަގުމަތީގައި އެތައް ބަޔަކަށް ދިރިއުޅެން ޖެހިފައިވާއިރު އެމީހުން ވަނީ ބަނޑަށް ޖެހިފަ އެވެ. 

މިދަނޑިވަޅުގައި ސޯނޫ އަންނަނީ މަސައްކަތްތެރިން، އެމީހުންގެ ގެއަށް ފޮނުވުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ. އެގޮތުން މީގެ ކުރިން ޓްރެއިންތަކުގައި ވެސް ބައެއް މީހުން އުޅޭ ސަރަހައްދުތަކަށް ފޮނުވާފައިވެ އެވެ. 

އިއްޔެ ވެސް ސޯނޫ މިވަނީ އެއާ އޭޝިއާގެ ފްލައިޓެއްގައި އެއް ތަނެއްގައި މަސައްކަތް ކުރާ 169 މީހެއްގެ އިތުރުން އެހެން ކުންފުންޏެއްގައި މަސައްކަތްކުރާ އޮޑިޝާއަށް ނިސްބަތްވާ ނުވަ މީހަކު އެ ސަރަހައްދަށް ފޮނުވައިދީފަ އެވެ. 

މިހާރު ވެސް 12000 އާ ގާތް ކުރާ އަދަދަކަށް މީހުން، ދިރިއުޅޭ ސަރަހައްދުތަކަށް ފޮނުވާފައިވާތީ ސޯނޫއަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ. 

އުމުރުން 46 އަހަރުގެ ސޯނޫ ވަނީ ސިމްބާ އާއި ހެޕީ ނިއު އިޔާ އަދި ދަބަންގްގެ އިތުރުން ރަމައްޔާ ވަސްތަވައްޔާ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް