ads
އައިއެސްޕީއެސް ގޭޓުން ފުރަތަމަ ފަހަރަށް އުޅަނދަކަށް ހިދުމަތް ފޯރުކޮދިނުން
ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް އިހަވަންދިއްޕޮޅުން ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފި
އިހަވަންދިއްޕޮޅުގެ ބަނދަރުގައި ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް ކްލިއަރެންސް ހިދުމަތް ފޯރުކޮށްދީފި އެވެ.
Advertisement

މިކަން ހާމަކޮށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އޭނާގެ ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގެ ޓޫރިސްޓް ޔޮޓަކަށް ކުލިއަރެންސް ހިދުމަތް ދީފައިވާނެ ކަމަށެވެ.

ގޮތުން މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުން މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ ޔޮޓުފަހަރު ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

މި ހިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ޔަގީންކުރެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 300 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެ އެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު އެވެ. ހިދުމަތް ފަށާފައިވަނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިން ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދެނީ ސީދާ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ހިދުމަތްދޭއިރު، އެމްޕީއެލުން ހިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގަ އެވެ. އެގޮތުން ބޯޓުތަކަށް ކެއުމާއި، ބުއިން، އަދި މެއިންޓަނަންސް ގެ ހިދުމަތް، ފަޅުވެރިން ބަދަލުކުރުން، ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ހިދުމަތް ހިމެނޭ ހެން 14 ހިދުމަތެއް ދޭން އެމްޕީއެލް ވަނީ ތައްޔާރުވެފަ އެވެ. 

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް