ads
ސޯނޫ ސުއޫދު--
އެހީތެރިވުމުން އެކްޓަރު ސޯނޫ ސޫދުގެ ނަން ދަރިފުޅަށް ކިޔައިފި
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ގިނަ ބައެއްގެ ވަޒީފާ ގެއްލި، ބަނޑުހައި ހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާ މިދަނޑިވަޅުގައި އެކްޓަރު ސޯނޫ ސޫދު އަންނަނީ އެފަދަ މީހުން ނިސްބަތްވާ އަވަށްތަކަށް ފޮނުވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ވައިގެ މަގުންނާއި ޓްރެއިންތައް ކުއްޔަށް ނަގައިގެން އޭނާ އެ މަސައްކަތް ކުރަމުން އަންނައިރު މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު، އޭނާ ވަނީ މާބަނޑު ދެ މީހަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ ދަރްބަންގާއަށް ނިސްބަތްވާ މާބަނޑު ދެ އަންހެނުންގެ ތެރެއިން އެކަކު ހުކުރު ދުވަހު ވިހާފައިވާ ކަމަށެވެ. އެ އަންހެން މީހާ ވިހޭކަން ސޯނޫއަށް ގުޅައި ހިއްސާކުރަމުން، ދަރިފުޅަށް ސޯނޫގެ ނަމުން ނަން ދީފައިވާ ކަމަށް ވެސް ބުނި ކަމަށެވެ.

ސޯނޫ ބުނީ އެވާހަކަ ހިއްސާކުރުމުން ވަރަށް އަސަރުކުރި ކަމަށެވެ.

މިހާރު ވެސް 12000 އާ ގާތް ކުރާ އަދަދަކަށް މީހުން، ދިރިއުޅޭ ސަރަހައްދުތަކަށް ފޮނުވާފައިވާތީ ސޯނޫއަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ. 

އުމުރުން 46 އަހަރުގެ ސޯނޫ ވަނީ ސިމްބާ އާއި ހެޕީ ނިއު އިޔާ އަދި ދަބަންގްގެ އިތުރުން ރަމައްޔާ ވަސްތަވައްޔާ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް