ފުލުހުން ބުނެފައިވަނީ ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީނާއި އެމީހުންގެ ސްޕޮންސާއާ ދެމެދު ހިތްހަމަނުޖެހުމެއް ހިނގައި ސްޕޮންސާގެ ގޯޑައުނަށް ގެއްލުންދޭ މައްސަލަ މިއަދު މެންދުރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ސީނަށް އެޓެންޑްވި ފުލުހުންނަށް ހަމަނުޖެހުން ހިންގަމުންދިޔަ ބިދޭސީންގެ ތެރެއިން ބަޔަކު ހަމަލާދީފައިވާކަމަށާއި، މި ހަމަލާގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން އެސް.އޯ ފުލުހުން މިއަދު ހަވީރު 16:30 ހާއިރު ތިލަފުއްޓަށް ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަތް ބިދޭސީންނަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.