ads
އުރީދޫ
ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކަކަށް އުރީދޫ ސުޕަނެޓް
"އުކްލާ ސްޕީޑް ޓެސްޓް އެވޯޑް"ގައި ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
Advertisement

އުރީދޫ އިން ބުނީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް އިން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.

މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. މި އެވޯޑަކީ ކޮންސިއުމާ އިނީޝިއޭޓިވް ސްޕީޑް ޓެސްޓް ޑޭޓާ ދިރާސާ ކުރުމުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެއް ކަމަށާއި، މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުންދާ މަސައްކަތާއި އާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށެވެ.

މި އެވޯޑާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަމަށާއި، މި ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ އިތުރުން ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ހިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ތިއްބަސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމާއި އުނގެނުމާއި ސްޓްރީމް ކުރުމާއި ގުޅުވާލުމުގެ ފުރުސަތު ފަހިވާނެ އެވެ.

  • އޫކްލާ ސްޕީޑްޓެސްޓް އެވޯޑަކީ ކޮބާ؟

އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަކީ ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ބަޔަކު އަމިއްލައަށް ހަދާ ޓެސްޓުތަކުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މިއީ އެއްވެސް ކުންފުންޏަކުން ދޭ މައުލޫމާތަށް ބިނާކުރުމުގެ ބަދަލުގައި، ކަސްޓަމަރުންނަށް އަމަލީ ގޮތުން ލިބޭ އިންޓަނެޓްގެ ދުވެލި ވަޒަންކޮށްގެން ދޭ އެވޯޑަކަށް ވާތީ، މިއީ މާކެޓުގައި ނެޓްވޯކެއްގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި މިންގަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް