ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރާ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ބަނގްލަދޭޝްއަށް މިރޭ ފުރާވަޑައިގެންފި އެވެ.
Advertisement

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑރ މުހައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅަކީ، އެ ގައުމުގެ އާ ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ފެބުރުވަރީ 2026 ގައެވެ.

މިހިނގާ ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިގު ރަހުމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖެއާއި ބަނދަގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބީއެންޕީ ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ކާމިޔާބުވެފައިވާކަން ނަތީޖާތަކުން ދައްކަ އެވެ.

އެ އިންތިހާބަކީ 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ނެގި ފުރަތަމަ ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް