ads
ފޮޓޯ: ސިޓީ ކައުންސިލް
ނިމިގެންދިޔަ ހަފްތާ ރެސްއަކީ ވަރަށް ކާމިޔާބު އިވެންޓެއް: ލިރާރު
ފުވައްމުލަކު ހުރިހާ މުއައްސަސާތަކެއް ގުޅިގެން އިއްޔެ ބޭއްވި ހަފްތާ ރެސްއަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ހުރިހާ މުއައްސަސާތަކެއް ގުޅިގެން އިއްޔެ ބޭއްވި ހަފްތާ ރެސްއަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރި ކުޑަކުދިންގެ ހަވީރާއި ގުޅޭގޮތުން ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ލިރާރު ވިދާޅުވީ ކުދަކުދިންގެ ހަވީރަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށާއި ހަފްތާ ރެސްގެ ނަމުގައި ބޭއްވި އެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.

މޫސުން ގޯސް ދުވަސްވަރެއްގައިވެސް ވަރަށް ކުޑަ ވަގުތުކޮޅެއްގައި ފުވައްމުލަކު ހުރިހާ މުއައްސަސާތަކެއް ގުޅިގެން ބޭއްވުނު ހަރަކާތަކީ ކާމިޔާބު ހަރަކާތެއްކަން ފާހަގަކުރައްވާ ލިރާރު ވަނީ އެ ހުރިހާ މުއްސަސާތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އެ ހަރަކާތަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށާއި ނަމަވެސް އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ސްޓޯލްތަކަށް ޒުވާނުން ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވާ ކަން ފާހަގަކުރައްވަމުން ލިރާރު ވިދާޅުވީ ޒުވާނުންނަށް ކުރިމަގުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު އެ ސްޓޯލްތަކުން ޒުވާނުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"އެ އިވެންޓުގައި ހަމައެކަނި ކުރިއަށް ގެންދެވުނީ ކުޅިވަރުގެ ހަރަކާތްތަކެއް ނޫން، ދީނީ މައުލޫމާތުވެސް ކުޑަކުދިންނަށް ފޯރުކޮށްދެވުނު" ލިރާރު ވިދާޅުވި އެވެ.

އަދި ފުވައްމުލަކު ވިޔަފާރިވެރިންވެސް އެ މީހުންގެ ވިޔަފާރިތައް ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއްވެސް ކުޑަކުދިންނާއި ގުޅޭގޮތަށް ފަރުމާކޮށްދީފައިވާ ކަމަށާއި އަދި ސިޓީ ކައުންސިލްގެ މުވައްޒަފުންވެސް އެ ސިޓީއާއި ދޭތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުވެސް އެ ހަރަކާތުގެ ތެރެއިން ފޯރުކޮށްދެވުނު ކަމަށް ލިރާރު ވިދާޅުވިއެވެ.

ހަފްތާ ރެސްއަށް ލިބުނު ބޮޑު ތަރުހީބާއެކު އަންނަ އަހަރުގައި އާ އުންމީދުތަކަކާއެކު މިއަށް ވުރެ ގިނަ ސްޓޯލްތަކަކާއެކު މި ހަރަކާތް ބޭއްވުމަށް ނިންމާފައިވާ ކަންވެސް ލިރާރް ވަނީ ފާހަގަކުރައްވާފަ އެވެ.

ލިރާރު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާކެޓް އާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ހިމެނޭގޮތަށް ދާއިމަށް ކުރިއށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް