މި ގިނިހިލަ ދުނިޔެއާ އެންމެ ގާތް ވާނީ މިރޭ ( ހޮނިހިރު ވިލޭރޭ) ރާއްޖެ ގަޑިން ފަތިހު 4:20 ގައެވެ.
މި ގިނިހިލައިގެ ބޮޑުމިނުގައި ގާތްގަނޑަކަށަ 570 މީޓަރު ހުންނާނެ އެވެ. މި ގިނިހިލަ ދަތުރު ކުރަމުން ދަނީ ގަޑިއަކު 11،200 މޭލު ބާރު މިނުގައެވެ.
މި ގިނިހިލައަށް ނާސާއިން ފާރަވެރިވަނީ އެ ގިނިހިލައިގެ މިސްރާބު ބަދަލުވެ ދުނިޔެއަށް ވެެއްޓުމުގެ ހަނި ފުރުސަތެއް އޮތުމުންނެވެ.
މިފަދަ 2000 އަށް ވުރެ ގިނަ ގިނިހިލަ އަށް މިހާރު ވެސް ނާސާއިން އަންނަނީ ފާރަވެރިވަމުންނެވެ.