ads
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް
މަރު އެނދުގައި އޮތް މަންމަ ކައިރިއަށް ދިއުމަށް ހުއްދައެއް ނުލިބުން، ހުއްދަ ލިބުނުއިރު މަންމަ މަރުވެފައި
ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް މިދަނޑިވަޅުގައި އެއް ރަށުން އަނެއް ރަށަށް އަރައި ފޭބުމަށް ވަކި ހާއްސަ ހުއްދައެއް ހޯދަން ޖެހޭއިރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އުއްމީދު ކަނޑާލާފައި އޮތް މަންމަގެ ކައިރިއަށް ދިއުމަށް ހުއްދައަށް އެދުނު މީހަކަށް ހުއްދަ ނުދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޓްވީޓާގައި މިއަދު މީހަކު ވަނީ މަރު އެނދުގައި އޮތް އޭނާގެ މަންމަގެ ކައިރިއަށް ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އެދުމުން އެ ހުއްދަދީފައި ނުވާ ކަމަށް ބުނެފަ އެވެ.

އެގޮތުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ވެސް މިމަހުގެ ދެވަނަ ދުވަހު އެމީހާ ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އޭގައި ވަނީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މަންމަ، އޮތީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި އުއްމީދު ކަނޑާލާފައި ކަމަށެވެ. 

ދެބެއިން އެންމެ ފަހު ވަގުތުގައި މަންމަގެ ކައިރީގައި ހުރުމަށް ބޭނުންވާ ކަމަށާއި އެހެންކަމުން އައްޑޫއަށް އަމިއްލަ ހަރަދުގައި ދާން ބޭނުންވާ ކަމަށާއި އަދި އެކަމަށް ކަރަންޓީން ވާންޖެހޭނަމަ ނުވަތަ ޓެސްޓްކުރަން ޖެހޭނަމަ އެެކަމަށް ވެސް އަމިއްލަ ޖީބުން ހަރަދުކުރަން ތައްޔާރުކަން ފާހަގަކުރެ އެވެ. 

އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ އެފަދަ ހުއްދަަތައް މިންކުރުމުގައި އަމަލުކުރަމުންދާ އާންމު އުސޫލާއި އަދި ހުއްދަ ނުލިބޭ ކޭސްތައް އެޕީލްކުރުމުގެ އުސޫލު ވެސް އެނގެން ބޭނުންވާ ކަމަށެވެ. 

އެ ސިޓީ ފޮނުވި ފަހުން އައްޑޫއަށް ދިއުމަށް އެމީހުންނަށް ވަނީ ހުއްދަ ލިބިފަ އެވެ. އެކަމަކު އޭރު މަންމަ، މަރުވެއްޖެ ކަމަށް އެމީހާ ބުންޏެވެ. 

ހުއްދަ ދީފައިވާކަން އަންގައި އެޗްޕީއޭ އިން ފޮނުވި މެއިލްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅާއެކު މާލެއިން ހަމައެކަނި އައްްޑޫއަށް ދިއުމަށް ހުއްދަދީފަ އެވެ. އަދި ޖަނާޒާއަށް ފަހު 14 ދުވަހު، ގޭގައި ކަރަންޓީނުވުމަށް އެންގިއިރު އެޗްޕީއޭ އިން ވަނީ ހުއްދަ ދިނުމުގައި ލަސްތަކެއްވުމުން މައާފަށް ވެސް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް