ads
ދީޕިކާ އާއި ރަންވީރުގެ އިތުރުން އަޔޫޝްމަން--
ދީޕިކާ ހަޅޭލަވާވަރުން ރަންވީރަށް އަޔޫޝްމަންއަށް ރަނގަޅަށް ވާހަކަ ދައްކާވެސް ނުލެވުން!
ބޮލީވުޑުގެ ތަރި އަޔޫޝްމަން ކުރާނާ، އިންސްޓަގްރާމު މެދުވެރިކޮށް ލައިވް ޗެޓެއް ކުރިއަށް ގެންދިޔައިރު ވަނީ ރަންވީރު ސިންގް ވެސް އޭގައި ބައިވެރިކޮށްފަ އެވެ. އެކަމަކު އަނބިމީހާ ދީޕިކާ ޕަޑުކޯން، ހަޅޭލަވާވަރުން އޭގައި މާގިނައިރު މަޑުކުރެވޭ ގޮތެއް ނުވި އެވެ.

ނިދާ ހޭލި ގޮތަށް ރަންވީރު، އަޔޫޝްމަން އާއި އެކު އެ ލައިވްގައި ބައިވެރިވީ ވާނުވާގައި އިނދެގެންނެެވެ. ދެ ތަރިންނަށް މާގިނައިރު ވާހަކަ ނުދެއްކެނީސް ދީޕިކާ ވަނީ ރަންވީރު އިނީ ޒޫމް ޗެޓެއްގައި ކަމަށާއި މާބާރަށް ވާހަކަ ނުދެއްކުމަށް އޭނާއަށް އަންގާފަ އެވެ.

އެއާއެކު މާގިނައިރު ތަކެއް ނުވެ ވަރަށް ލޯބިވާ ކަމަށާއި ވަރަށް ހަނދާންވާ ކަމަށް ބުނެ، ރަންވީރު ހިނގައްޖެ އެވެ. 

ކޮވިޑް-19 ފެތުރެމުންދާތީ ފިލްމީ ދާއިރާ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ތަރިންނަށް ވަނީ އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބިފަ އެވެ. ގޭގައި ލޮކްޑައުންވެފައި ތަރިން ތިބިއިރު މީގެ ކުރިން ދީޕިކާ ވަނީ ދުވާލަކު 20 ގަޑިއިރު ރަންވީރު ނިދާ ކަމަށާއި މިހެންކަމުން އޭނާ ބަލަން ވަރަށް ފަސޭހަ ކަމަށް ބުނެފަ އެވެ.

ދީޕިކާ ބުނި ގޮތުގައި ރަންވީރު ހޭލާ ހުންނަ ހަތަރު ގަޑިއިރުގެ ތެރޭގައި އެމީހުން އެކުގައި ވަގުތު ހޭދަކުރެ އެވެ. އެގޮތުން ފިލްމެއް ބަލާލުމާއި ކެއުމާއި ކަސްރަތުގައި އަވަދިނެތި އުޅެވޭ ކަަމަށް ވެސް ބުންޏެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް