ފިލްމުފެއާ އިން މިވަނީ އަނެއްކާވެސް ކުރީގެ ހަދާންތައް އާކުރަން ފޮޓޯ އެއް އިންސްޓަގްރާމް ގައި ޝެއާ ކޮށްފަ އެވެ.
މިފަހަރު ޝެއާ ކޮށްފައިވާ ފޮޓޯ އިން ޝާހްރުކް ހާން އާއި އަމީތާބް ބައްޗަންގެ އިތުރުން އަބީޝޭކް ބައްޗަން ވެސް ފެނިގެންދެ އެވެ. އަދި މި ތިން ތަރިންގެ އަންހެނުންވެސް މި ފޮޓޯ އިން ފެނިގެން ދެއެވެ.
އައިޝްވާރިއާ ރާއީ ބައްޗަން އާއި އަބީޝޭކް ބައްޗަން ފޮޓޯގެ ކަނާތްފަރާތުން ފެނިގެން ދާއިރު، ފޮޓޯގެ މެދުގައި ހުރީ އަމީތާބް އާއި ޝާހުގެ އަންހެނުން ގައުރީ ހާން އެވެ.
ފޮޓޯގެ ވާތް ފަރާތުން ޝާހް އާއި ޖަޔާ ބައްޗަން ބައްދާލައިގެން ތިބިތަން ފެނެއެވެ.
މި ހަތަރިން ވެސް މި ފޮޓޯ އިން ފެނިގެން ދަނީ ވަރަށް އުފަލުގައި ތިއްބަ އެވެ.