ads
މާމިގިލި އެއާޕޯޓް--
މާމިގިލި އެއާޕޯޓް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކުރެވޭނެ: ނަހުލާ
މާމިގިލި އެއާޕޯޓް ވަރަށް އަވަހަށް އިންޓަނޭޝަލް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ދަގެތީ ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މީގެ ކުރީގައި އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި މާމިގިލި އެއާޕޯޓު ބޭނުންކޮށްފައި ވީނަމަވެސް ފަހުން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު ބޭނުން ކުރަމުން ގެންދިޔުމާ ގުޅިގެން އަނެއްކާވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރާނަމަ، ސިވިލް އޭވިއޭޝަން ގައިޑްލައިން ތެރެއިން ފޮލޯ ކުރަން ޖެހޭ ކަންތައްތަކެއްވުމާއި އެކު އެ ކަންތައްތައް ފޮލޯ ކުރަމުން ގެންދާކަމުގަ އެވެ. 

އެގޮތުން ސިވިލް އޭވިއޭޝަންގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރުމަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވޭ އިރު، އެގޮތަށް އެދިފައިވާ ހުރިހާ އެއާޕޯޓެއް ވެސް އިންޓަނޭޝަލް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މާމިގިލި އެއާޕޯޓް 2013 ވަނަ އަހަރު ރައީސް ވަހީދުގެ ސަރުކާރުން އިންޓަނޭޝަނަލް ކުރި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެނިންމުން ވަނީ ބަދަލުކޮށްފަ އެވެ. އެހެން ކަމުން 2015 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓް އޮޕްރޭޓް ކުރަމުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް