ads
އަކްޝޭ އާއި ދިލްޖިތު
ވިހާއިރު ވާ ތަދު އަކްޝޭ އާއި ދިލްޖިތު އިހުސާސްކޮށްފި
ވިހާއިރު ވާ ތަދު ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރާއި އެކްޓަރު ދިލްޖިތު ދޮސަންޖް އިހުސާސްކޮށްފިއެވެ.
Advertisement
ވިހާއިރު ވާ ތަދު ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރާއި އެކްޓަރު ދިލްޖިތު ދޮސަންޖް އިހުސާސްކޮށްފި އެވެ.

އަކްޝޭ އާއި ދިލްޖިތުގެ ކުރިއަށް އޮތް ފިލްމު "ގުޑް ނިއުސް" ޕްރޮމޯޓު ކުރުމުގައި ދެ ފަންނާނުން ވެސް އުޅެމުން ދަނީ އަވަދިނެތި އެވެ. އެގޮތުން ވިހާއިރު ވާ ތަދު އިހުސާސްކުރުމަށް ޑޮކްޓަރަކު ވަނީ ދެ ފަންނާނުންނަށް މެޝިނެއް ބޭނުން ކޮށްގެން އިލެކްޓްރިކަލް ސްޓިމުލޭޝަން ދީފަ އެވެ.

ދަރްމާ ޕްރޮޑަކްޝަނުން މި ދެމީހުނަށް އިލެކްޓްރިކަލް ސްޓިމުލޭޝަން ދޭ މަންޒަރުގެ ވީޑިއޯ ހިއްސާކޮށްފައިވާއިރު މި ދެމީހުންނަށް އިލެކްޓްރިކަލް ސްޓިމުލޭޝަން ދޭ ވަގުތު ތަދުވެގެން އެކަން ހުއްޓުވުމަށް ވެސް ވަނީ އެދިފަ އެވެ.


ޑޮކްޓަރަށް ލަފާދީ އަކްޝޭ ވަނީ އެއީ އަސްލު ވިހާ އިރު ވާ ތަދާ ތަފާތު ތަދެއް ކަމަށް ބުނެފަ އެވެ. އަދި ދަރިންނަށްޓަކައި މަންމައިންގެ ކެތްތެރިކަމަށްޓަކައި އަކްޝޭ އާއި ދިލްޖިތު ވަނީ ހުރިހާ މަންމައިންނަށް ވެސް ތައުރީފު ކޮށްފަ އެވެ.

މިފިލްމުގައި މި ދެ ފަންނާނުންގެ އިތުރުން ކަރީނާ ކަޕޫރު ހާނާއި ކިއާރާ އަދުވާނީ ފެނިގެންދާނެ އެވެ.

ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ މިފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މިފިލްމަކީ ކައިވެނި ކޮށްގެން އުޅޭ ދެ ޖޯޑެއްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް