ads
އިމާރާތްކުރަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާލެ ސަރަހައްދުން 120 ސައިޓެއްގައި އިމާރާތްކުރުމުގެ ހުއްދަ ދީފި
މާލެ ސަރަހައްދުން 120 ސައިޓެއްގައި އިމާރާތްކުރުމުގެ ހުއްދަދީފައިވާ ކަމަށް މޭލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ލޮކްޑައުންއަށް ލުއި ދިނުމާއި އެކު މިހާތަނަށް 68 ކުންފުންޏަކުން 144 ސައިޓެއްގައި މަސައްކަތް ކުރުމަށް ހުއްދައަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް މަސައްކަތް ކުރުމުގެ ހުއްދަ ނުދީ ވަނީ 24 ސައިޓަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

އެ ސައިޓް ތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ނުދީ ވަނީ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. 

ކައުންސިލުން ބުނީ މިއީ 44 ކުންފުންޏަކުން ހުށައަޅާފައިވާ ހުށައެޅުންތަކެއް ކަމަށާއި މައުލޫމާތު ފުރިހަމަކުރުމަށް އެކުންފުނިތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ. މައުލޫމާތުތައް ފުރިހަމަ ކުރުމުން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށް ފަހު އެ ފަރާތްތަކަށް ވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

މާލެ ސިޓީ ކައުންސިލުން އިމާރާތްކުރުމަށް ދޫކުރާ ހުއްދަ ދޫކުރަނީ މަސައްކަތްކުރާ ކުންފުނިން އެ ކައުންސިލްގެ ވެބްސައިޓުގައިވާ ކަމާބޭހޭ ޕޯޓަލްގައި ރަޖިސްޓްރީވެ އެކަމަށް އެދި ހުށައަޅަންޖެހޭ ފޯމާއި އެ ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ޝީޓާއި ވޯކް ޕާމީޓްތަކުގެ ކޮޕީ ކައުންސިލަށް މެއިލް ކުރުމުންނެވެ. 

ކައުންސިލުން ވަނީ މަސައްކަތްކުރުމަށް ހުއްދަ ދޫކުރާނީ ސައިޓްގައި މަސައްކަތްކުރަން ކުންފުނީގެ މުވައްޒަފުންކަމަށް ހުށަހަޅާ މުވައްޒަފުންނަކީ ކުންފުނީގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންނަށް ވާނަމަ ކަމަށް ބުނެފަ އެވެ. 

އިމާރާތްކުރުމުގެ މަސައްކަތަށް ހުއްދަ ދޫކުރުމުގެ މަސައްކަތްކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 05:00 އަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް