ads
ސްރީ ލަންކާ---
ލަންކާގައި 1000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެއްޖެ
ސްރީލަންކާގައި ކޮވިޑް-19 ޖެހުނު 1000 އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެއްޖެ އެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1،057 މީހަކު މިހާރު ވަނީ ފަރުވާދީ އެ ބަލިން ރަނގަޅު ކޮށްފަ އެވެ. އެގޮތުން، އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތާ ހަވާލާދީ އަދަދެރާނާ މީޑިއާއިން ބުނީ އިތުރު 67 ބަލި މީހަކު ބަލިން ރަނގަޅުވެ ހޮސްޕިޓަލުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

ވައިރަހުން ރަނގަޅުވެގެން މިއަދު މީހުން ދޫކޮށްލާފައި ވަނީ އެ ގައުމުގެ ނުވަ ހޮސްޕިޓަލަކުން ނެވެ. އެގޮތުން، ވެލިސަރަ ނޭވީ ހޮސްޕިޓަލުން 36 މީހުން ދޫކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި، ހޮމަގަމަ ބޭސް ހޮސްޕިޓަލުން 12 މީހަކު، ވެލިކަންޑަ ބޭސް ހޮސްޕިޓަލުންނާއި، ކޮލޮމްބޯ އީސްޓް ބޭސް ހޮސްޕިޓަލުން ހަ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން، އިރަނަވިލަ ހޮސްޕިޓަލުން ފަސް މީހުންނާއި އެގައުމުގެ އިންފެކްޝަސް ޑިސީސް ހޮސްޕިޓަލުން ތިން މީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް ލަންކާ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1،857 އަށް އަރާފަ އެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެގައުމުން މިއަދު މީހަކު ރިޕޯޓުކޮށްފައި ނެތް ނަމަވެސް، ހޯމަ ދުވަހު އެ ގައުމުން ވަނީ 22 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މި ވަގުތު ހޮސްޕިޓަލުތަކުގައި 789 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް