ads
ފުލުހުން މަސްތުވާތަކެތި ހޯދުމަށް ހިންގާ އޮޕަރޭޝަނެއް
ދިއްފުށީ ގެއަކުން ކެނަބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިއްޖެ
ކ. ދިއްފުށީ ގެއެއްގައި ކެނަބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން އެކަން މިހާރު ފުލުހުން ދަނީ ބަލަމުން ނެވެ.
Advertisement

ފުލުހުން ބުނީ އެ ރަށު ގެ އެއްގައި ކެނަބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް އިންދައިގެން އުޅޭ ކަމުގެ މައުލޫމާތު އެ އިދާރާއަށް ދީފައި ވަނީ އެ ރަށު ކައުންސިލުން ކަމަށެވެ. 

މި މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އެރަށަށް ގޮސް ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެތަނުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ތަހުލީލު ކުރުމަށް ފޮނުވާފައި ވާނެ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ވަނީ މީގެ ހަފްތާއެއް ކުރިން މަސްތުވާތަކެއްޗާ ދެކޮޅަށް އެ މުއައްސަސާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފަ އެވެ. 

ތިމަރަފުށީން މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާއިރު ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 26 އަަހަރުގެ ދިވެހިން ފިރިހެނެއް ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެލިދޫން އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މެއި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ގެންގުޅުނު ތަކެތި ފޮރުވާފައިހުރި ކަމަށް އޭނާބުނި ސަރަހައްދު ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެެއްޗެއްހުރި 35 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް