ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދަރުމަވަންތަ ސްކޫލު އެޅުމަށް ވޮލީ ކޯޓުތައް ނަގަން ޖެހުމުން ވަގުތީ ތިން ކޯޓު އެޅުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެތަނުގައި ރަނގަޅު ފެންވަރުގެ އިންޑޯ ކޯޓްތަކެއް އަޅުއްވާނެ ކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. ވަގުތީ ކޯޓުތައް އަޅަނީ، ކުރިން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުން ކުރި، ފްލެޓް ސަރަހައްދުގައި އޮތް ބިމެކެވެ.
ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކުރިމަތިން އޮންނަ ބިމުގައި އަޅާފައިވާ ފުޓްސަލް ދަނޑާއި، އަދި އެ ބިމާ އިންވެފެން އަޅާފައިވާ ވޮލީ ކޯޓުތައް ނަގައި އެތަން ސާފުކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން ހަވާލުކޮށްގެން ކޮންސްޓްރަކްޝަން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.