ads
ކަނޑޫދޫ ގޮނޑުދޮށުން ފެނުން ކަށިތައް--
ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
ތ. ކަނޑޫދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.

އެ ރަށު ކައުންސިލުގެ ނައިބް ރައީސް، މުހައްމަދު ނަވާޒު މިއަދު ސީއެންއެމްއަށް ވިދާޅުވީ، އެ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިފައި ވަނީ 12:00 ހާއިރު ކަމަށެވެ. 

ނަވާޒު ވިދާޅުވީ އެ ސަރަހައްދަކީ މީހުން އުޅޭ ސަރަހައްދެއް ނޫން ކަމަށެވެ. އަދި ކަށިތައް ފެނުނީ އެ ސަރަހައްދަށް ދިޔަ އާންމު ރައްޔިތަކަށް ކަމަށާއި އެގޮތުން އިންސާނެއްގެ ބޮލުގެ ކަށިގަނޑާއި އިތުރު ކަށިތަކެއް އެ ސަރަހައްދުން ފެނުންކަން ނަވާޒު ފާހަގަކުރައްވަ އެވެ.

ނަވާޒު ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުން އަންނަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

އެކަމާއި ގުޅިގެން ފުލުހުން ބުނީ މިއަދު 12:11 ގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމަށް ފުލުހުން ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް