ads
ކުރީގެ ރައީސް މައުމޫނު - ފޮޓޯ/ ވަން އޮންލައިން
ކުރީގެ މިނިސްޓަރު އާތިފާއަކީ ތެދުވެރި ނަމޫނާ ކަނބަލެއް: މައުމޫނު
ހައުސިން މިނިސްޓަރުކަން ކުރެއްވި އައިމިނަތު އާތިފާއަކީ ތެދުވެރިކަމުގެ ނަމޫނާ ކަނބަލެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހާލުކޮޅު ދެރަވެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގަތުމުން މިއަދު މިނިސްޓަރު އާތިފާ ވަނީ މަގާމުން ވަކިވެވަޑައިގަންފަ އެވެ.

އެ މަގާމު ހުސްވުމާއެކު ހައުސިން މިނިސްޓްރީ އުވާލައި އެ މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތައް ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލުކޮށް އެތަނަށް ވަނީ ބަދަލުކޮށްފަ އެވެ.

އެމްއާރުމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އާތިފާ އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ލީޑަރު މައުމޫނު ވިދާޅުވީ އެކަމަނާއަކީ ތެދުވެރި އިހުލާސްތެރި ކަނބަލެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާ ކަމަށާއި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އާތިފާގެ ހިދުމަތައް މައުމޫނު ތައުރީފްކުރެއްވިއިރު އާތިފާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ބުނެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް