ads
މޮހޭނާ ކުމާރީ--
ކޮވިޑު ޓެސްޓް ނެގެޓިވް ވާނެ ދުވަހަކަށް ކީރްތީ ކެތްމަދުވެފައި
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން ފެނިގެންދާ ތަރި، މޮހެނާ ކުމާރީއަށް ކޮވިޑް-19 ޖެހިފައިވާއިރު އެ ބަލިން ރަނގަޅުވާނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ބުނެފި އެވެ.
Advertisement

އުމުރުން 31 އަހަރުގެ މޮހެނާ އާއި އޭނާގެ ފިރިމީހާ ސުއްޔަޝް ރާވަތު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކީރްތީ އާއި ސުއްޔަޝް ކައިވެނިކުރިއިރު ސުއްޔަޝަކީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ، އުއްތަރުކާންދުގެ ޓޫރިޒަމް މިނިސްޓަރުގެ ހަގު ފިރިހެން ދަރިފުޅެވެ.

މޮހޭނާ ބުނީ އޭނާ މިހާރު ގެއަށް އައިސްފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް އޭނާ ބައްޔަށް ޕޮޒިޓިވް ކަމަށެވެ. ހޯމް އައިސޮލޭޝަނުގައި މިވަގުތު ހުރި ނަމަވެސް ނެގެޓިވްވާނެ ދުވަހެއް ނޭނގޭތީ އޭނާ ވަނީ ކަންބޮޑުވެފަ އެވެ. 

މޮހޭނާ ވަނީ ގެއަށް ބަދަލުވެފައި މިވަނީ ހޮސްޕިޓަލުގައި 10 ދުވަހު ހޭދަ ކުރުމަށް ފަހު ކަމަށާއި އުއްމީދަކީ ވީއެންމެ އަވަހަކަށް ބަލިން ރަނގަޅުވުން ކަމަށް ބުނެފަ އެވެ. 

އެކަމަކު އޭނާވަނީ ކަމާ ބެހޭ ފަރާތްތަކުން އަންގަމުން އަންނަ ގޮތަށް އެމީހުން އަމަލުކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ އަންހެނުންނާއި އަދިވެސް ގޭގެ އިތުރު ބަޔަކު ހިމެނޭ ގޮތަށް ޖުމްލަ ހަތް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މީގެ ކުރިން އެ ހަބަރު ކަށަވަރުކޮށްދީ މޮހެނާ ވަނީ އެކަމާ ގުޅިގެން ޝަކުވާ ކުރެވެން ނެތް ކަމަށާއި އެމީހުންނަށް ވުރެ މާ ހާލުގައި އެ ބައްޔާ އެތައް ބަޔަކު ކުރިމަތިލަމުން އަންނަކަމަށް ބުނެފަ އެވެ. އަދި އޭނާ ބުނީ ބަލީގެ މާބޮޑެތި އަލާމާތްތަކެއް  އެކުގެ ކިބައިން  ވެސް ނުފެންނަކަމަށް ބުނެފައެވެ. އަދި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ބުނެ އެވެ، 

ކޮންމެ ދުވަހަކު ހާލު ބެލުމަށް ގުޅައި މީހުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ކީރްތީއަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ތަރި އެކެވެ. މީގެ ކުރިން ވަނީ "ރޮކް އޮން" ގެ އެކްޓަރު ޕްރަބް ކޮއްލީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް