ads
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ތެރެއިން
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި އެވެ.
Advertisement

“ޖާމިޢުއްސުލްޠާން މުހައްމަދު ބުން އަބްދުالله”ގެ ބިންގާ އަޅުއްވައިދެއްވި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި  އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު އަބްދު ﷲ އައްރާޖިހީގެ އިތުރުން ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހްސާނީ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. 

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ނަން ދީފައިވަނީ ރާއްޖެ އިސްލާމްކުރެއްވި ފުރަތަމަ ރަސްގެފާނު ކަމަށްވާ ސުލްތާން މުހައްމަދު ބިން އަބްދު ﷲ ގެ ނަންފުޅާ ގުޅުވައިގެން ނެވެ.

މި މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ އަލް ރަޖްހީ ޕްރައިވެޓް ލިމިޓެޑާއެވެ. މިސްކިތް އަޅާ ބިން އިއްޔެ ވަނީ އެ ކުންފުންޏާއި ހަވާލުކޮށްފަ އެވެ. 

އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާއީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްގީކުރާނެ އެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ހާއްސަ ވިޒިޓަރ އޭރިއާއެއް ގާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެ އެވެ.

މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.

ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަހައްދު ހިމެނޭހެން އިސްލާމީ ތައުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.

މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން ތައުލީމީ، ސަޤާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިންގުމަށް ހާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީހު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;