އެ އޮތޯރިޓީން ބުނީ މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައިވާކަމަށެވެ. މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އަދި 1 ގެއަކަށް ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ވަނީ ފޯރުކޮށްދީފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.
އައްޑޫ ސީޓީ ގެޔަކަށް ފެންވަދެ ދިރި ނޫޅެވޭވަރުވެފައި
މީގެއިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވާކަމަށާއި. އެކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު ދަނީ ކުރަމުންކަމަށްވެސް އެމްޑީއެމްއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;