ads
ދިޝާ ޕަޓާނީ
ދިޝާ އަށް މިފަހަރު ނަރޫޓޯ ކޭކެއް
ދިޝާ ޕަޓޭނީ ގެ 28 ވަނަ އުފަންދުވަސް އޭނާ ފާހަގަ ކޮށްފައި ވަނީ ޓައިގާ ޝްރޮފްގެ އާއިލާ އާއި އެކު އެވެ.

އެދުވަސް އޭނާ އަށް ހާއްސަ އުފާވެރި ދުވަހަކަށް ހަދައިދިނުމަށް ގިނަ މަސައްކަތް ތަކެއް އެ އާއިލާއިން ވަނީ ކޮށްފަ އެވެ. 

އެގޮތުން އޭނާގެ އުފަންދުވަހުގެ ކޭކް މިފަހަރު އަޅާފައި ވަނީ އޭނާ އަށް އެންމެ ކަމުދާ އެނިމް ކެރެކްޓާ، އުޒުމަކީ ނަރޫޓޯގެ މޫނު ލައިގެން ނެވެ. ދިޝާ ވަނީ އެ ކޭކުގަައި ފޮޓޯ އެއް އިންސްޓަ ގްރާމް ގައި ހިއްސާ ކޮށްފަ އެވެ. 

ދިޝާ އަކީ އެނިމް ގެ ބޮޑު ފޭން އެކެވެ. އޭނާ ގެ ކުއްތާ އަށް ގޯކޫ ގެ ނަމުން ނަން ދިނުން މީ އެކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

ދިޝާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ ފިލްމު މަލަންގް ގަ އެވެ. އެ ފިލްމުން އޭނާ އާއި އެކީ އަދިތިޔާ ރޯއީ ކަޕޫރް ފެނިގެންދާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަނިލް ކަޕޫރް ވެސް ފެނިިގެންދެ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސަލްމާން ހާން އާއި އެކު ފިލްމު ރާދޭ ގެ މަސައްކަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް