ads
އިންޒާރުގެ ފޮޓޯއާއެކު ސިނގިރޭޓް ބޯމީހުންގެ އާއުކުޅެއް!
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މިވަނީ މަނާ ކުރެވިފަ އެވެ. އެއާއެކު މިހާރު ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ ސިނގިރޭޓް ފޮށީގެ ބޭރުގައި ވަނީ އަނގައިގެ ކެންސަރު ޖެހުމުން ނުވަތަ ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުންނަ އިރު ހުންނާނެ ގޮތުގެ ކުލަ ފޮޓޯއެއް ހިމަނާފަ އެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މިވަނީ މަނާކޮށްފަ އެވެ. އެއާއެކު މިހާރު ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ ސިނގިރޭޓް ފޮށީގެ ބޭރުގައި ވަނީ އަނގައިގެ ކެންސަރު ޖެހުމުން ނުވަތަ ފުއްޕާމޭގެ ކެންސަރު ޖެހިފައި ހުންނަ އިރު ހުންނާނެ ގޮތުގެ ކުލަ ފޮޓޯއެއް ހިމަނާފަ އެވެ.

ދުންފަތާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހަކާއެކު އެ ބަދަލު ގެނައީ މީހުން ދުންފަތާ ދުރު ކުރުމަށެވެ.

ފޮޓޯ ފެނި ބިރުން، މީހުން އެކަން ކުރުން ހުއްޓުމުގެ މަގްސަދުގަ އެވެ. ދުންފަތް ހުންނަ ފޮށި ނުވަތަ ޕެކެޓުގެ 90 އިންސައްތައަށް ވުރެ ކުޑަ ނުވާނެ މިންވަރަކަށް އިންޒާރުގެ ފޮޓޯ ފެންނަން ހުރުން މަޖުބޫރެވެ.

ކޮންމެއަކަސް މިގެނައި ބަދަލާއެކު ސިނގިރޭޓް ބޯ މީހުން ނުވަތަ ދުންފަތް ބޭނުން ކުރާ މީހުން، "ފަކުރު" ގަންނަވާލެވިއްޖެ އެވެ. އެކަމަކު ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބޭނުންވާ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް "ބިރު" ގަންނުވާލާ މިކަމުން އެމީހުން ދުރު ކުރެވުނުތޯ މިއީ އުފެދޭ ސުވާލެކެވެ.

އެހެންނަމަވެސް އިންޒާރުގެ ފޮޓޯއާއެކު މީހުން ފަކުރު ގަނެއްޖެއޭ ބުނަން މިޖެހެނީ އިންޒާރުގެ ފޮޓޯ ފޮރުވަން މީހުން ކުރާ މަސައްކަތުންނެވެ. ތަފާތު އެކި ޑިޒައިންތަކުގެ ކަވަރުތައް މީހުން ދަނީ އިންޒާރުގެ ފޮޓޯ ފޮރުވަން ސިނގިރޭޓް ފޮށީގެ ބޭރުގައި އަޅުވަމުންނެވެ. މިކަމުގެ ނުރައްކާ އެނގި ދުންފަތާ ދުރަށް ޖެހުމުގެ ބަދަލުގައި ފޮޓޯ ފޮރުވައިގެން އެކަން ކުރުން މިވަނީ ރާއްޖޭގައި އާންމުވެފަ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމުގެ ކުރިން ސިނގިރޭޓް ފޮށީގެ ބޭރުގައި ހުންނަނީ އިންޒާރުގެ ލިޔުންކޮޅެއް އެކަންޏެވެ. ދިވެހި ބަހުން ލިޔެފައި އިންނަ އެ ލިޔުންކޮޅުގެ އަސަރު ނުކޮށްގެން ގަވައިދު އިސްލާހުކޮށް ކުލަޖެހި ފޮޓޯއަކުން އެކަން ހުއްޓުވުމުގެ މަސައްކަތް ފެށި ނަމަވެސް އެއަށް ވުރެ ދުންފަތް ބޭނުންކުރާ ފަރާތްތައް ހުށިއާރެވެ. ތަފާތު މޮޅު އުކުޅަކާއެކު އެ ބޭނުން ކުރާ ވަރަކަށް މިއަދު ވެސް މީހުން ދަނީ ދުންފަތް ބޭނުން ކުރަމުންނެވެ.

ސިނގިރޭޓް ފޮށީގެ ބޭރު، ތަފާތު ޑިޒައިންތަކުން ޖަރީކުރެވޭނެ ކަވަރުތައް ރާއްޖޭގެ ބާޒާރުގައި ވެސް ވިއްކަމުން އަންނައިރު އެކަން ވެސް ހުއްޓުވަން މިވަނީ ޖެހިފަ އެވެ. ނޫންނަމަ ގަވައިދަށް އިސްލާހު ގެނެސްގެން މިގެނައި ބަދަލުގެ އެދެވޭ ނަތީޖާ މުޖުތަމައުގެ ތެރެއިން ފެނިގެނެއް ނުދާނެ އެވެ.

ދުންފަތާ ދުރުކުރުމަށް މީހުން ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ވަކިވަކި ސިނގިރޭޓާއި ބިޑި ވިއްކުން ވެސް މަނާކޮށްފަ އެވެ. އެކަމަކު އަދިވެސް ބައެއް ތަންތަނުން ވަކިން ސިނގިރޭޓް ވިއްކަމުންދާ ކަމުގެ އަޑުތައް މިއަދުވެސް އިވެމުން އަންނައިރު މިގޮތަށް ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅިގެން ނޫނީ މިކަމަށް ހައްލެއް ލިބުމެއް ނެތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް