ads
އެފްރިކާގެ ސަރަހައްދަކަށް ލައްގާފައިވާ 14 ފޫޓުގެ ބޯވަދިލަ މަަހެއް---
އާންމު އިންސާނަކަށްވުރެ 2 ގުނަ ބޮޑު ބޯވަދިލަ މަަހެއް ލައްގައިފި
އާންމު އިންސާނަކަށްވުރެ ދެ ގުނަ ބޮޑު ބޯވަދިލަ ދެކުނު އެފްރިކާގެ ސަރަހައްދެއް ކަމުގައިވާ ބްރައިޓަނިއާ ބޭގެ ގޮނޑުދޮށަށް ލައްގާފިއެވެ.

ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދަމުން އަންނަ މި ބޮޑު ބޯވަދިލަ މަހަކީ މޫދުގެ ވަރަށް އަޑީގައި ދިރިއުޅެމުންދާ ބޯވަދިލަ މަހެކެވެ. އެ ބޮޑު ބޯވަދިލަ މަަހުގެ ބަރުދަނުގައި 200 ކިލޯ ހުންނަ އިރު އެއީ މަދުން ނޫނީ ފެންނަ ބާވަތެއް ނޫންކަމުގައި ސައިންސްވެރިން ބުނެއެވެ. ބޮޑު ބޯވަދިލަ މަަހުގެ ދިގުމިނުގައި 14 ފޫޓު ހުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

މި ބޯވަދިލަ މަަހަކީ 43 ފޫޓު ދިގުމިނަށް ބޮޑުވާ އެއްޗެކެވެ. މި ބޯވަދިލަ މަަސް އުޅެނީ ކަނޑުގެ 3000 ފޫޓު އަޑީގައެވެ. އަދި މިއީ އިންސާނަކާއި ދާދި އެއްވަރަކަށް ތޫނު ފިލި ބާވަތެއްކަން ސައިންސްވެރިންގެ ދިރާސާތަކުން ވަނީ ހާމަވެފައެވެ.

އެންމެ ފުރަތަމަ މީގެ ބޮޑު ބޯވަދިލަ މަަހެއްކަނޑުގެ އަޑީން ފެނިފައިވަނީ 2006 ވަނަ އަހަރުއެވެ. އޭގެ ކުރިއަކުން މިފަދަ ބާވަތެއްގެ ދިރުމެއް ހަމަލޮލުން ފެނުމުގެ ނަސީބެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ޒަމާން ތަރައްގީވެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި ކަނޑު އަޑިން މިފަދަ ބާވަތްތައް ހޯދުމަށް މިހާރު ވަނީ ދާދި ފަސޭހަވެފައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް