ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެން ދިޔަ ސަތްޔަމޭ ވަޖަޔަތޭ ގެ ކާމިޔާބަށް ފަހު ދެ ވަނަ ފިލްމެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމުގެ މައުލޫމާތު ހިއްސާ ކޮށްފައި ވާއިރު މި ފިލްމުން ޖޯންގެ އިތުރުން ދިވްޔާ ޙޮސްލާ ކުމާރު ވެސް ފެނިގެންދާނެ އެވެ.
ޒަވޭރީ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ތިން މަސް ދުވަހަށް ފަހު އޭނާގެ ހަލްކު، ރާމް އަދި ހީރޯ އާއި ދިމާވެއްޖެ ކަމަށެވެ.
ސަތްޔަމޭ ޖަޔަތޭ 2 ގެ ޕޯސްޓަރު ޖޯން އެންމެ ފުރަތަމަ ޝެއާ ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. މި ފިލްމުގެ މަސައްކަތް ވެސް ހުއްޓިފައި އޮތީ ކޮވިޑް-19 ގެ ސަބަބުން އެވެ.
ޖޯން ވަނީ އޭނާ އެންމެ ކުޅޭ ހިތް ވަނީ ކޮންޓެންޓް ޑްރައިވެން ފިލްމުތައް ކަމަށާއި ސައްތުޔަމެވަ ޖަޔަތޭ އާއި ބަޓްލާ ހައުސް ފަދަ ފިލްމުތައް ޕްރޮޑިއުސް ކޮށް ކުޅޭ ހިތްވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ޕްރޮޑިއުސް ކުރާ ކޮންމެ ފިލްމަކުން އޭނާ ފެނުން ކޮންމެހެން މުހިންމު ނޫންކަމަށް ވެސް ޖޯން ވަނީ ބުނެފައެވެ.