ads
ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ
އައްޑޫސިޓީގެ މަގުހަދަން ހަވާލުކޮށްފި
އައްޑޫ ސިޓީގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑް އިން އެލްއީއޭ އެސޯސިއޭޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް 1221 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އިރު މި މަޝްރޫޢުގެ ދަށުން ހިތަދޫއިން 90 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.


އަދި އެ ދެކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިޔާ ސަރުކާރުން ފަހިކޮށްދީފައިވާ 800 މިލިޔަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ދެ ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ އައްޑޫ ވިޝަންގެ ތެރޭގައި ހިމެނޭ ދެ ޕްރޮޖެކްޓް ކަމަށް މައުލޫމާތު ލިބެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް