ads
މާމިގިލި އެއާޕޯޓް-- ފޮޓޯ: ވިލާ އެއާ--
ކުޑަހުވަދޫ އާއި މާމިގިލީ އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖައްސަން ހުއްދައަށް އެދިއްޖެ
މާމިގިލީ އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓަށް ޕްރައިވެޓް ޖެޓްތައް އޮޕަރޭޓް ކުރުމަށް ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާމިގިލި އަދި ކުޑަހުވަދޫ އެއާޕޯޓުން ވަނީ ޕްރައިވެޓް ޖެޓްތައް އޮޕަރޭޓް ކުރުމަށް ހުށަހަޅާފައި ކަމަށާއި އެކަމަކު އިންޓަނޭޝަނަލް އޮޕަރޭޝަންސްއަށް ހުއްދަ ދެވޭނީ އެއާ އޮޕަރޭޓާ ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކުރުމުން ކަމަށެވެ. 

އެގޮތުން މިނިސްޓްރީން ވަނީ އެ ހުއްދަ ދެވޭނީ ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަމަށް ވެސް ބުނެފަ އެވެ. 

އޭގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ބުނީ މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ދާއިމީ ހުއްދަ ލިބޭނީ ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީޒްތައް ގާއިމު ކުރުމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަކުރާ ބަދަލުތައް ޓާނިމަލްއަށް ގެނައުމަށްފަހު ކަމަށެވެ. އަދި އެ ބަދަލުތައް ޖޫން މަހުގެ ނިޔަލަށް ނިންމާނެކަމަށް މާފަރު އެއާޕޯޓުން ސިވިލް އޭވިއޭޝަނަށް އަންގާފައިވާކަން ވެސް ބަޔާނުގައި ފާހަގަކުރެ އެވެ. 

މީގެ ކުރިން ވެސް އެ އެއާޕޯޓަށް ވަނީ އިންޓަނޭޝަނަލް ފްލައިޓްތައް ޖައްސާފަ އެވެ. އޭގެ ތެރޭގައި A320/321 އަދި B737 ހިމެނިފައިވީ ނަމަވެސް އެއީ ވަގުތީ ހުއްދައިގެ ދަށުން ޖައްސާފައިވާ ޗާޓަރު ފްލައިޓްތަކެއް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް