ads
މީގެ ކުރީގެ ހުކުރު ހުތުބާގެ ތެރެއިން--
ނަފްސާނީ ހިތްހަމަޖެހުން އޮތީ ﷲ ގެ ރަހުމަތަށް އެދި ދުއާކުރުމުގައި ސާބިތުވެގެން: ހުތުބާ
ނަފުސާނީ ހިތް ހަމަޖެހުން އޮތީ، ހާލިގުވަންތަ ﷲ ގެ ރަހުމަތަށް އެދި ދުއާ ކުރުމުގައި ސާބިތުވެ ތިބެ އެކަލާނގެ ރަޙުމަތްފުޅާ މެދު އެއްގޮތަކަށް ވެސް މާޔޫސް ނުވެ، ވޭނާއި ތަދާއި އުދާސްތަކަށް ކެތްތެރިވުމުން ކަމަށް ހުތުބާގައި ބުނެފި އެވެ.

ނަފްސާނީ އިޖުތިމާއީ ދުޔަހެޔޮ ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދުނިޔެ އަކީ، ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން، އަހަރެމެންނާއި ކުރިމަތިވާ ހިތާމަތަކާއި، ތަދުމަޑުކަމާއި، ބަލިމަޑުކަމަކީ ވެސް ދާއީމީ ހާލަތެއް ނޫން ކަމަށެވެ. ހަޔާތުގެ ކޮންމެ ވޭނަކީ ދަރުސެއް ކަމަށާއި އެފަދަ ކޮންމެ ދަރުސަކުން ޢިބްރަތް ލިބިގަނެ ނަފްސު މަތިވެރި ދަރަޖައަކަށް ގެންދެވޭތޯ މަސައްކަތްކުރުމަށް ހުތުބާގައި ގޮވާލަ އެވެ. 

މިއަދު ދުނިޔޭގައި ދިރިއުޅޭ ހުރިހާ އިންސާނުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތަކީ، ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ތަދުމަޑުކަމާއި ނުތަނަވަސްކަމުގެ ހާލަތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް ޓަކައި، ދީލަތިވަންތަ އިލާހުގެ ހަޟްރަތުން އާފިޔަތާއި ރައްކައުތެރިކަމަށް އެދޭ ހާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އެހީ ފޯރުވުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ. 

އެގޮތުން އެމީހަކު ހުރި ތަނެއްގައި ދިގު މުއްދަތަކަށް ބަންދުވެ ތިބެން ޖެހުމުގެ ސަބަބުން، އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ނަފްސާނީ، ބަލިމަޑުކަމާ ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށާއި އާމްދަނީގެ މަގުތައް ހަނިވުމުންނާއި، ކުރިން އުޅުނު ގޮތަށް މިނިވަންކަމާ އެކު ހެލިފެލިވެ އުޅެވޭން ނެތުމުގެ ސަބަބުން އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށެވެ. 

އެ ކަންކަމުން ހައްޓަށް ވެރިވާ ބުރަހެލިކަމާއި، ހިތަށް ވެރިވާ ހިތްދަތިކަމުން މިންޖުވުމަށް ޓަކައި ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ، ﷲ ތައާލާގެ ތަނަވަސް ރަހުމަތަށް އެދި ދުއާކުރުންކަން ވެސް ހުތުބާގައި ފާހަގަކުރެ އެވެ. 

އޭގެ އިތުރުން ހުތުބާގައި ބުނީ އިންސާނުންގެ ނަފްސާނީ، ޖިސްމާނީ، އިގްތިސޯދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރަމުންދާ ނުރަނގަޅު އަސަރުތަަކުން ސަލާމަތްވެވެން އޮތީ މާތްﷲ ދުނިޔޭގައި ލައްވަވާފައިވާ ސަބަބުތަކުގައި ހިފައި، އެކަލާނގެ ރަޙުމަތްފުޅާއެކު ކަމަށެވެ. 

އެގޮތުން މާޒީގައި އަހަރެމެންނަށް ވުރެ މާމަތިވެރި، އިންސާނުންކަމުގައިވި ނަބިއްޔުންނާއި ރަސޫލުންނަށް، އެފަދަ އެތަކެއް ހިތްދަތި ހާދިސާތަކާ ކުރިމަތިވި ކަމަށާއި އަދި ބިރުވެރި މާހައުލުގައި އުޅުއްވަން ޖެހިވަޑައިގަތް ނަމަވެސް އެ ބޭބޭކަލުން ﷲ ގެ ހަޟްރަތުން ރަހްމަތާއި އޯގާވެރިކަމުގެ އުންމީދުން މާޔޫސް ވުމެއް ނެތި، ދުއާ ދެންނެވުމުގައި ސާބިތުވެ ތިބިކަމަށް ވެސް ހުތުބާގައި ފާހަގަކުރެ އެވެ.

ހުތުބާގައި ވަނީ ޖިސްމާނީ ސިއްހަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށާއި އެގޮތުން ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި، ނަފުސަށް އަޅައިލުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ޖިސްމަށް ބޭނުންވާ ކަސްރަތާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ބާރު އަޅައި ހުތުބާގައި ބުނީ ދުވަހުގެ ތާވަލު ރާވާލާ އިރު، ތިމާގެ ވަގުތު ބޭނުންތެރި ގޮތެއްގައި ހޭދަކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އަދި މާތްވެގެންވާ އިސްލާމް ދީނުގައި، އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ، އިންސާނީ ނަފުސަށް އަޅައިލުންކަން ވެސް ހުތުބާގައި ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް