ads
އިންސުލިން ސިރިންޖް---
ރާއްޖޭގައި އަހަރަކު ހައެއްކަ ކުދިންނަށް ހަކުރު ބަލި ޖެހޭ: ފައިސަލް
ރާއްޖޭގައި އަހަރެއްގެ މައްޗަށް މަދުވެގެން ހައެއްކަ ކުޑަ ކުދިންނަށް ހަކުރު ބަލި ޖެހޭ ކަމުގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައިި ވިދާޅުވެފައިވަނީ އިންސިއުލިން ޖަހަންޖެހޭ ވައްތަރުގެ ހަކުރު ބަލި ރާއްޖޭގައި އަހަރެއްގެ ތެރޭ ހައެއްކަ ކުދިންނަށް ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ބަރުދަން މާބޮޑަށް ލުއިވެ، ވަރުބަލިވެ އަދި މަޑުޖެހޭކަމުގައި ވާނަމަ ނުވަތަ އާދަޔާ ހިލާފަށް ކުޑަކަމުދިއުމާއި އެކު ފެންބޯ ކަމުގައި ވާނަމަ އެއީ ބަލަން  ޖެހޭނެ މުހިންމު ކަމެއް ކަމަށެވެ.

"ކުޑަކުދިން ބަރުދަން މާބޮޑަށް ލުއިވެ، ވަރުބަލިވެ، މަޑުޖެހި، އާދަޔާ ޚިލާފަށް ކުޑަކަމުދިއުމާއި އެއްކޮށް ފެންބޮއިހަދާ ކަމަށްވަންޏާ ހަކުރުވެސް ބަލަންޖެހޭނެ. ރާއްޖޭގައި އަހަރަކު މަދުވެގެން ހައެއްކަ ކުދިންނަށް ހަކުރުބަލި ޖެހޭ. އިންސިއުލިން ޖަހަންޖެހޭ ވައްތަރު." ފައިސަލް ވިދާޅުވެފައިވެއެވެ.

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމަކީ ލޭގައި ދައުރުވާ ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމެވެ. ހަކުރު ބަލި ކުރިމަތިވަނީ ހަށިގަނޑުގައި ''އިންސިއުލިން' ބޭނުންކުރާގޮތް ނުވަތަ އުފައްދާގޮތަށް މައްސަލައެއް ދިމާވުމުންނެވެ.

ހަކުރު ބަލީގެ 3 ވައްތަރުގެ ތެރެއިން އެއް ވައްތަަކީ ކުޑަކުދިންނާ ޒުވާނުންނަށްޖެހޭ ހަކުރު ބައްޔެވެ. މި ވައްތަރުގައި އިންސިއުލިން އުފެއްދުން ދަށްވެގެންދެއެވެ. ނުވަތަ އެއްގޮތަކަށް ވެސް އުފައްދާ ނުދޭ ފަހަރުތައްވެސް ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯޒަކަށް ނުވަދެވެއެވެ. އަދި ލޭގައި ގުލްކޯޒުގެ މިންވަރު ވަރަށް މައްޗަށް ދެއެވެ. އެހެންކަމުން ހަކުރު ކޮންޓްރޯލް ކުރަންޖެހެނީ އިންސިއުލިން އިންޖެކްޝަން ޖަހައިގެންނެވެ. މިއީ އުމުރުގެ ކުރީކޮޅުގައި ނުވަތަ ޅައުމުރުގައި ފެށިގެން އަންނަ، އަދި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އާންމު ވައްތަރެކެވެ.

މިކަމާ ބެހޭގޮތުން ފައިސަލްގެ އިތުރު ބަހެއް ސީއެންއެމްއަށް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް