ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދުގެ ވިދާޅުވުމެއް؛ ވެރިކަން ބަދަލުކުރާނަން!
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލު ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޓީމުން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތަނަވަސް އަގުލަބިއްޔަތު ހޯއްދަވާނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލުކުރާން ވެއްޖެ. ހާސްވެ ނުލައްވާ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު، ތަނަވަސް އަގުލަބިއްތު އިތުބާރު ނެތް ކަމަށް ނެގޭ މިންވަރަށް ވަރަށް ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެކަން ހާސިލު ވާނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެވިގެންނެވެ. މީގެ އިތުރުން މި ވެރިކަން ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު ތިންބައިކުޅަ ދެބައި މެމްބަރުންގެ އަދަދަކީ 62 އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު ސުޕަމެޖޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ކަމަށް ވާއިރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 73 އަށް އަރަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;