މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން 4 ވައްތަރެއްގެ އޮޕެރޭޝަން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށް ކުރެވޭނެ ވަސީލަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާކަމަށެވެ.
ލޭޒާ ސާޖަރީ ކުރެވޭ އޮޕަރޭޝަންތައް
މި އޮޕެރޭޝަންތަކުގެ ސަބަބުން ބަލިމީހުންނަށް ލިބޭނެ ފައިދާތައް
އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ މި ހިދުމަތް ތަޢާރަފުކުރުމުގައި ސާޖަރީ ޓީމުންނާއި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ މުވައްޒަފުން ކުރި ބުރަ އަދި ހީވާގި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ. މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި ހިދުމަތެއް ފޯރުކޮށްދިނުންކަމަށްވެސް އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;