ads
ކޮވިޑާއި ގުޅިގެން ނިދީގެ ކޮލެޓީ ދަށްވެއްޖެ
ކޮވިޑް-19 ގެ ލޮކްޑައުން އާއި އެކު ގިނަ މީހުންގެ ނިދީގެ ކޮލެޓީ ދަށްވެއްޖެ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ބަސެލްގެ ދިރާސާކުރާ ފަރާތްތަކުން ކުރިޔަށް ގެންދިޔަ އެ ދިރާސާ ދައްކާ ގޮތުން ލޮކްޑައުންގެ ސަބަބަން ބޭރަށް ނުކުމެ އުޅެން ޖެހޭ ވަރު މަދު ވެފައި ވާތީ އޭގެ އަސަރު ވަނީ މީހުންގެ ނިދުމަށް ވެސް ކޮށްފަ އެވެ. 

ގޭގައި ތިބެގެން މަސައްކަތް ކުރެވޭތީ ގިނަ އަދަދެއްގެ ބަޔަކު ކުރިން ނިދާ ވަރަށް ވުރެ 50 ވަރަކަށް މިނެޓް އިތުރަށް މިހާރު ނިދާ ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި މަސައްކަތް ކުރުމަށް ފަސޭހަ ގަޑިތަކެއް މިހާރު ލިބިފައި ވާތީ، "ސޯޝަލް ޖެޓްލެގް" ގެ ސަބަބުން ނުވަތަ އަވަދިނެތި އުޅުމުގެ ސަބަބުން ވަރުބަލިކަން މަތީ ނިދުމަށް ވުރެ މިހާރު ރޭގަނޑުވެ ނިދާ ގަޑިޖެހުމުން ނިދާ މީހުންގެ އަދަދު ވެސް އިތުރުވެފައި ވާކަމަށް ދިރާސާ އިން ދައްކަ އެވެ. 

އެހެން ނަމަވެސްމި ކަންތައްތަކާއި އެކު ވެސް ނިދީގެ ކޮލެޓީ ވަރަށް ގިނަ މީހުންގެ ދަށްވެފައިވާ ކަމަށް ދިރާސާއިން ދައްކަ އެވެ. 

ނިދަން ގިނަ ވަގުތު ލިބުނު ކަމުގައި ވީނަމަވެސް، އަދި ވަރުބަލިވާ ފަދަ މާ ބައިވަރު ކަންތައްތަކެއް ކުރަން ނުޖެހުނު ނަމަވެސް މި ދަނޑިވަޅުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މީހާގެ ނިންޖަށް ކުރާ ކަމަށް ރީސާޗަރުން ބުނެއެވެ. 

އެމީހުން ބުނާ ގޮތުން، އެކި މާލީ ދަތިތަކާއި ބަލިމަޑު ކަމުގެ ސަބަބުން ކިތަންމެ ގިނަ ގަޑިއިރެއްގެ ނިދި ލިބުނަސް އެންމެ ފުރިހަ އަރާމު ނިދި މިހާރު މީހުންނަކަށް ނުލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް