ads
އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގެ ތެރެއިން
ހުކުރު ހުތުބާގެ މައުޟޫއުތަކަށް އާންމުންގެ ހިޔާލު ހޯދަނީ
ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުކުރު ހުތުބާ ލިޔާ މައުޟޫއުތަކާމެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން 2026 / 1447 ވަނަ އަހަރުގައި ހުތުބާ ލިޔުމަށް މައުޟޫއު ހުށަހެޅުމަށް އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

މިގޮތުން މިނިސްޓްރީން ވަނީ ފޭސްބުކް ޕޯސްޓުގެ ކޮމެންޓު ބައިގައި މި އަހަރު އަޑު އަހަން ބޭނުންވާ މައުޟޫއުތައް ލިޔުމަށް އެދިފަ އެވެ.

މިނިސްޓްރީން ކުރި އެ ޕޯސްޓަށް ގިނަ އަދަދެއްގެ މީހުން ވަނީ ކޮމެންޓް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެކިއެކި މައުޟޫއުތަކުގެ ހިޔާލުތައް ވަނީ ހުށަހަޅައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް