
ބޮލީވުޑްގެ ތަރި ސަލްމާން ހާން ބޮއިކޮޓްކުރި ޕަޓްނާގެ ބިހާރަކީ ސުޝާންތު އުޅެ ބޮޑުވި އަވަށެވެ. މި މަހުގެ 14 ވަނަ ދުވަހު ސުޝާންތު ހަބަރާއެކު ބޮލީވުޑް އިންޑަސްޓްރީގައި އޮންނަ "ނެޕޮޓިޒިމް" ގެ އަޑު ވަނީ ގަދަވެފަ އެވެ.
އެގޮތުން ސުޝާންތްގެ ސަޕޯޓަރުން ބުނަނީ ސުޝާންތަށް މާޔޫސްކަން ގެނުވީ ބޮލީވުޑުގައި ކުރާ މަސައްކަތް ބަލައި ނުގަންނާތީ ކަމަށެވެ. އަދި އެތަނުގައި ފުރުސަތު އޮންނަނީ ވެސް ހަމައެކަނި ބޮލީވުޑު މީހުންގެ ދަރިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް ދަނީ ފިލްމު އުފެއްދުންތެރިންނަށް ވެސް ފާޑުކިޔަމުންނެވެ.
އާންމުން ދަނީ ނެޕޮޓިޒަމްއަށް ކިރިޔާ ވެސް ހިތްވަރުދީ ވާހަކަ ދައްކަމުން އަންނަ ތަރިންނާއި ދެކޮޅަށް ތެދުވެ ބޮޑެތި ކެމްޕެއިންތައް ޖައްސަމުންނެވެ. ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާއި އެ މީހުންގެ ޕްރޮޑަކްޝަން ހައުސްތަކާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ކުރިއަށް އެބަދެ އެވެ.
އެގޮތުން، ނެޕޮޓިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް އެއްބާރުލުންދޭ، ކަރަން ޖޯހަރާއި އާލިއާ ބަޓް އަދި ސަލްމާން ހާން އަށް ބިހާރް ސިޓީއަށް ވަނުން ވަނީ މަނާ ކޮށްފަ އެވެ.