ads
ޝަރުމީލާގެ އެކައުންޓްގެ ސްކްރީންޝޮޓެއް--
ސޯޝަލް މީޑިއާގައި އެންމެ “ވޯންޓެޑް” މީހަކީ ޝަރުމީލާ!
ފިޓް ފާޒިލް ގެ ގިވް އަވޭގެ ވާހަކައަކީ މިހާރު ސޯޝަލްމީޑިއާގައި އެންމެ ބޮޑަށް ދެކެވޭއެއް ވާހަކަ އެވެ. އަގު ބޮޑު ގިނަ ޕްރޮޑަކްޓްތަކެއް ހިމެނޭ އެ ގިވްއަވޭގެ ސަބަބުން ފާޒިލްގެ އިންސްޓަގްރާމް ފޮލޯވާސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ އެއީ ފޭކް ގިވްއަވޭ އެެއް ކަމަށެވެ.

މިއާއި އެކު މި ދެ ދުވަހަކު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވެނީ އެ ގިވްއަވޭ ކާމިޔާބު ކުރި ފަރާތުގެ ވާހަކަ އެވެ.

އިންސްޓަގްރާމުގައި އައިޝަތު ޝަރުމީލާގެ ނަން ޖަހާފައިވާ މީހަކު، އެ ގިވް އަވޭ ކާމިޔާބު ކުރި އިރު، ގިނަ ބަޔަކު ބުނަމުންދަނީ އެއީ ފޭކް އެކައުންޓެއް ކަމަށެވެ. އަދި ފާޒިލްގެ “ފޭކް ގިވްއަވޭ” އަކީ ފޭކް އެއް ނޫންކަމަށް ދައްކަން، ފާޒިލް އަމިއްލައަށް ފޭކް އެކައުންޓެއް ހެދުމަށްފަހު ގިވްއަވޭ ދިނީ ކަމަށެވެ. 

އެ އާއިއެކު ސޯޝަލް މީޑިއާގައި އެންމެން މި ވަނީ ޝަރުމީލާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މީހަކު ޕޯސްޓު ކޮށްފައިވާގޮތުން އޭނަ އާއި ޝަރުމީލާގެ އެއްވެސް “މިއުޗުއަލް” ފްރެޑްސް އެއް ނެތެވެ. އަދި އެހެން އެއްވެސް މީހެއްގެ ވެސް ޝަރުމީލާއާއި މިއުޗުއަލް ފްރެންޑެއް ހުރިތޯ ބެލިޔަސް މިއުޗުއަލް ފްރެންޑެއް ނުފެންނާނެ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ. މިއީ ހައްތަހާ ވެސް ޝަރުމީލާގެ އެކައުންޓަކީ ފޭކް އެކައުންޓެއްކަން ސާބިތު ކުރުމަށް މީހުން ކުރާ ބުރަ މަސައްކަތެވެ. 

މިކަންތައްގަނޑުގެ ތެރޭގައި ފާޒިލްގެ ގިވްއަވޭ ހޯދަން ފާޒިލްގެ އިންސްޓަގްރާމް އެކައުންޓަށް ފޮލޯކުރި ގިނަ މީހުން މިހާރު ވަނީ އޭނާގެ އެކައުންޓް އަންފޮލޯކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް