ads
ކްރިސްޓަން ސްޓެވާޓް
ޕްރިންސަސް ޑައާނާގެ ރޯލުން ކްރިސްޓެން ސްޓެވާޓް
ޕަބްލޯ ލަރައިންގެ ފިލްމު ސްޕެންސާގައި ޕްރިންސަސް ޑައާނާ ގެ ރޯލުން ފެނިގެންދާނީ ކްރިސްޓެން ސްޓެވާޓް ކަމަށް ބުނެފި އެވެ.

ސްޓީވަން ނައިޓްގެ ސްކްރިޕްޓަކަށް ބިނާކޮށް ތައްޔާރުކުރާ މި އެ ފިލްމުން ފެނިގެން ދާނީ 1990 ވަނަ އަހަރު ޕްރިންސަސް ޑައާނާ ޕްރިންސް ޗާލްސް އާއި ވަކިވުމަށް ނިންމާ ހިސާބެވެ. 

މި ފިލްމުގައި ޕްރިންސަސް ޑައާނާގެ މަރުގެ ހާދިސާ އަށް އަލިއަޅުވާ ނުލާނެ ކަމަށާއި އެހެން ނަމަވެސް އޭނާ އާއި ފިރިމީހާ އާއި ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ މަންޒަރާއި އޭނާގެ ދަރިން ދެކެ އޭނާ ލޯބިވާ މިންވަރަށް މި ފިލްމުގައި އަލި އަޅުވާލާނެ ކަމަށް ލަރައިން ބުނެ އެވެ. 

ލަރައިން ވަނީ ކްރިސްޓަން އަކީ މިވަގުތު ހޮލީވުޑްގައި މަސައްކަތްކުރާ ތަރިންގެ ތެރެއިން ގުނާލެވޭ ތަރިއެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ މި ރޯލު ވަރަށް ފުރިހަމަ ގޮތުގައި ގެނަސްދޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ލަރައިން ބުނެ އެވެ. 

މި ފިލްމުގެ ޕްރޮޑަކްޝަން ފެށޭނެ ކަމަށް ނޫސްތަކުގައި ބުނެފައި ވަނީ 2021 ވަނަ އަހަރެވެ. 

ކްރިސްޓަން ސްޓެވާޓް ވަނީ ޓްވައިލައިޓް އާއި ޗާލީސް އޭންޖަލްސް ފަދަ މަޝްހޫރު ފިލްމުތަކުން ފެނިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް